ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 1،091 މީހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ، ތަފާތު ބޮޑު އާ ރެކޯޑަކަށްވެއްޖެއެވެ. މީގެ ކުރީގެ ރެކޯޑަކީ މި މަހުގެ ފަސް ވަނަ ދުވަހު ޕޮޒިޓިވްވި 734 މީހުންގެ ރެކޯޑެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި 1،091 މީހުންގެ ތެރެއިން 933 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 147 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ރިސޯޓުތަކުގައި 6 މީހުން، ސަފާރީތަކުގައި 3 އަދި ތަރައްގީކުރާ ރިސޯޓުތަކުގައި 2 މީހުން އެބަތިއްބެވެ.
މިއަދުގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 35،815 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 26،299 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 9،423 އެވެ. އޭގެ ތެރޭގައި 18 އަހަރުންދަށުގެ 218 ކުދިން އެބަތިއްބެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 250 މީހަކަށް ފަރުވާދެމުން އަންނައިރު 84 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.
އެޗް.އީ.އޯ.ސީން ބުނީ މިއަދުގެ އަދަދު އެހާ މައްޗަށް އެރީ ކުރިން ނަގައިފައިވާ ސާމްޕަލްތަކެއްގެ ނަތީޖާ އެއްފަހަރާ ލިބުމުން ކަމަށެވެ. މި ގޮތުން ޕޮޒިޓިވްވި 1،091 މީހުންގެ ތެރެއިން އިއްޔެ ނެގި ސާމްޕަލްގެ އަދަދަކީ 760 ކަމަށެވެ.



advertisment
One Response
އިންޑިއާއިން އަރަބި ގައުމުތަކަށްދާ މީހުން ވައިރަސް ފިލުވާ ކަރަންޓީނު ފެސިލިޓީ އަކީ މި ގައުމު މިއޮށް ބޮޑު ކާރިސާއަކަށް ވަނީ މުޅި ދުނިއޭން އިންޑިއާ މީހުން އެތެރެވުން މަނާކޮށްފަ އެއޮތީ