Support Us

މުބާރާތުގައި ބައިވެރިވި ކޮންމެ ބައިވެރިއަކަށް އާރުބީޖީގެ ފަރާތުން ހާއްސަ ހަދިޔާއެއް ދެނީ -ފޮޓޯ: އާރުބީޖީ

ބޮޑުފޮޅުދޫ ޤުރުއާން މުބާރާތުގައި 28 ދަރިވަރުން

އއ. ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ރަށަށް ހުޅުވާލައިގެން ބާއްވާ ޤުރުއާން މުބާރާތް ފަށައިފިއެވެ. މި މަހުގެ ހަތް ވަނަ ދުވަހު ފެށި "އައްނޫރު ޤުރުއާން މުބާރާތު"ގައި ޖުމްލަ 28 ދަރިވަރުން ވާދަކުރެއެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ ހަތް އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަ އަހަރުން ދަށް، ހަތް އަހަރުން ދަށް، ނުވަ އަހަރުން ދަށް، 11 އަހަރުން ދަށް އަދި 13 އަހަރުން ދަށަށެވެ. ކޮންމެ އުމުރުފުރައެއްގައިވެސް ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުން ހިމެނެއެވެ.

އާރުބީޖީ ސްޕޯޓްސްގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ މި މުބާރާތަކީ ކުލަބުގެ އަހަރީ ކަލަންޑަރުގައިވާ ގޮތުގެ މަތިން މި ރަމަޟާންމަހުގެ ކުރީކޮޅު ބޭއްވުމަށް ތައްޔާރުވަމުން އައި މުބާރާތެއް ކަމަށެވެ. އެހެންނަމަވެސް ކޮވިޑް19ގެ ކޭސްތަކެއް ރަށުން ފެނި ރަށް މޮނިޓަރިންނަށް ދާންޖެހުމުން މުބާރާތް ފެށުން ލަސްކުރަންޖެހުނީ ކަމަށާއި ރަމަޟާން މަސް ނިމުމުގެ ކުރިން މުބާރާތް މި ފެށީ ރަށްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އިންތިޒާމްތައް ހަމަޖެއްސުމަށްފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މި މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް، އެހެން މުބާރާތްތަކުގައި އާންމުކޮށްދޭ ސެޓްފިކެޓާއި ޓްރޮފީގެ ބަދަލުގައި ކޮންމެ ބައިވެރިއަކަށްވެސް ބޭނުން ހިފޭ ފަދަ އިނާމްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ނަސީމު ވިދާޅުވިއެވެ.

ނަސީމް އިތުރަށް ވިދާޅުވީ މި މުބާރާތް ބޭއްވިގެން މިދަނީ ހެޔޮއެދޭ ގިނަ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަމާ އެކީގައި ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ.

މުބާރާތުގައި ބައިވެރިވި ކޮންމެ ބައިވެރިއަކަށް އާރުބީޖީގެ ފަރާތުން ހާއްސަ ހަދިޔާއެއް ދެނީ -ފޮޓޯ: އާރުބީޖީ

"އައްނޫރު ޤްރުއާން މުބާރާތް" ފެށުމުގެ ރަސްމިއްޔާތު ނިންމާލާފައި ވަނީ މުބާރާތުގައި ބައިވެރިވި ކޮންމެ ބައިވެރިއަކަށް އާރުބީޖީގެ ފަރާތުން ހާއްސަ ހަދިޔާއެއް ދީފައެވެ. މި ހާއްސަ ހަދިޔާ ބައިވެރިންނާ ހަވާލު ކޮށްދެއްވީ އަލަށް އިންތިހާބުވި ރަށު ކައުންސިލްގެ މެމްބަރުން ކަމަށްވާ އައިޝަތު އަލީ އާއި ފާތުމަތު ޒީލިޔާއެވެ.

މި މުބާރާތުގެ ކިޔެވުން ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހު ކުރިއަށް ދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް