ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 766 މީހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ، އާ ރެކޯޑަކަށްވެއްޖެއެވެ. މީގެ ކުރީގެ ރެކޯޑަކީ މި މަހުގެ ފަސް ވަނަ ދުވަހު ޕޮޒިޓިވްވި 734 މީހުންގެ ރެކޯޑެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި 766 މީހުންގެ ތެރެއިން 571 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 171 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ރިސޯޓުތަކުގައި 23 މީހުން އެބަތިއްބެވެ.
މިއަދުގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 34،134 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 25،782 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 8،261 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 205 މީހަކަށް ފަރުވާދެމުން އަންނައިރު 82 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.



advertisment