Support Us

މިއަދު ކޮވިޑް މަރުގެ ރެކޯޑެއް: 24 ގަޑިއިރު ތެރޭގައި ފަސްވަނަ މަރު

ކޮވިޑް19 ގައި މިއަދު ފަސް ވަނަ މީހަކު މަރުވެ، އެއް ދުވަހާ އެންމެ ގިނަ މީހުން އެ ބަލީގައި މަރުވުމުގެ ރެކޯޑަކަށް މިއަދުވެއްޖެއެވެ.

މިއަދު އެންމެ ފުރަތަމަ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 77 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ ރޭ ދަންވަރުއެވެ. އޭގެ ފަހުން ޅ. ނައިފަރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 83 އަހަރުގެ ފިރިހެނެއް ކޮވިޑްގައި މިއަދު މެންދުރު ވަނީ މަރުވެފައެވެ. މީގެ އިތުރުން އއ. ރަސްދޫގައި ހުރި އިންޑިއާގެ 61 އަހަރުގެ ފަތުރުވެރިއެއް ވެސް މިއަދު ވަނީ ކޮވިޑްގައި މަރުވެފައެވެ. އަދި މިއަދު އިރުއޮއްސޭހާއިރު 97 އަހަރުގެ އަންހެނަކު ވެސް ނައިފަރުގައި ވަނީ މަރުވެފައެވެ. އޭނާ މަރުވީ ހާލު ދެރަވެގެން ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ކޮވިޑް ޓެސްޓު ހެދި ފަހުންނެވެ. އެކަމަކު އޭނާ ކޮވިޑަށް ޕޮޒިޓިވްކަމުގެ ނަތީޖާ ލިބުނީ މަރުވި ފަހުންނެވެ.

ކޮވިޑްގައި މިއަދު އެންމެ ފަހުން މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 80 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ މިރޭ އިރާކޮޅުއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި 703 މީހުންގެ ތެރެއިން 526 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 167 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ސިނާއީ ރަށްތަކުގައި 3، ރިސޯޓުތަކުގައި 7 މީހުން އެބަތިއްބެވެ.

މިއަދުގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 33،368 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 25،675 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 7،607 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 203 މީހަކަށް ފަރުވާދެމުން އަންނައިރު 77 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. މިއަދު ވަނީ ފަސް މީހުން ކޮވިޑްގައި މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް