ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 703 މީހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ މިހާތަނަށް ރެކޯޑު އަދަދެއްގެ ގޮތުގައި ކޮވިޑަށް އިއްޔެ ޕޮޒިޓިވްވި މީހުންނަށްވުރެ 31 މީހުން މަދު އަދަދެކެވެ. އިއްޔެ ވަނީ 734 މީހުން ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި 703 މީހުންގެ ތެރެއިން 526 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 167 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ސިނާއީ ރަށްތަކުގައި 3، ރިސޯޓުތަކުގައި 7 މީހުން އެބަތިއްބެވެ.
މިއަދުގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 33،368 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 25،675 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 7،607 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 203 މީހަކަށް ފަރުވާދެމުން އަންނައިރު 77 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. މިއަދު ވަނީ ފަސް މީހުން ކޮވިޑްގައި މަރުވެފައެވެ.



advertisment