8.50: ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ކާރުކޮޅު ކައިރީގައި ބާރުގަދަ އެއްޗެއް ދާދި ދެންމެ ގޮއްވާލައިފިއެވެ.
މަންޒަރުދުށް މީހުން ބުނި ގޮތުގައި ނަޝީދަށް ހަމަލާދީފައި ވަނީ ނަޝީދު ދިރިއުޅުއްވާ، ގ. ކެނެރީގެ ހުންނަ، ނީލޯފަރުމަގު ދެކުނު ކަންމަތީގައި، މަޖީދީމަގުގައި ޕާކުކޮށްފައި އޮތް ކާރުކޮޅަށް އަރާވަޑައިގަތުމަށް ބޮޑީގާޑާއެކު އެމަނިކުފާނު ވަޑައިގަންނަވަނިކޮށެވެ. ބާރުގަދަ އެއްޗެއް ގޮއްވާލައިފައި ވަނީ ކާރުކޮޅާ ވަރަށް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައެވެ. އެއްޗެއް ގޮވުމުގެ ސަބަބުން ސައިކަލްގެ ބައިތައް ވަނީ ބުރަބުރައިގެން ގޮސްފައެވެ. ގޮއްވާލަން ބޭނުންކުރި ޑިވައިސް އާއި އޭގެ ނަރުތައްވެސް އެތަނުގައި ފެންނަން ހުއްޓެވެ.
މި ހަމަލާގައި ޒަހަމްވުމުން ނަޝީދު ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަޝީދުގެ ފޯނާއި ފައިވާންކޮޅު ވެސް ކާރުކޮޅު ކައިރީގައި ވެއްޓިފައި އޮތެވެ.

މި ހާދީސާގައި ފަސް މީހަކު ޒަހަމްވެގެންް ހޮސްްޕިޓަލަށް ގެެެެެެންދިޔައެވެ. އޭގެތެރޭގައި ރައީސް ނަޝީދާއި ނަޝީދުގެ ބައެއް ބޮޑީގާޑުންވެސް ހިމެނެއެވެ.

މި ހަމަލާއަށް ގުޅިގެން ހަތިޔާރާއެކު ސިފައިން އަންނަނީ އެ ސަރަހައްދު ބަންދުކޮށް ފުލުހުންނާއެކު ހަރަކާތްތެރިވަމުންނެވެ.



advertisment