Support Us

ޑރ. އަބްދުﷲ ނިޔާފު ކޮވިޑް ވެކްސިން ޖައްސަވަނީ -ފޮޓޯ: އޭ.ޑީ.ކޭ/އެފް.ބީ

އިއްޔެވެސް 80 އަށްވުރެ ގިނަ ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވްވި: ޑރ. ނިޔާފު

އިއްޔެވެސް، 80 އަށްވުރެ ގިނަ ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމުގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވެއްޖެއެވެ.

ޑރ. ނިޔާފު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އިއްޔެ އެކަނިވެސް، 80 އަށްވުރެ ގިނަ ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ކުދިންނަކީ މި ވަގުތު ވެކްސިންޖެހޭ އުމުރުފުރައަށް ނުފެތޭ ކުދިން ކަމަށެވެ.

"ގިނަ ކުދިންނަކީ ކޮވިޑަށް ޕޮޒިޓިވްވި އާއިލާގެ ކޮންމެވެސް މީހެއްގެ ފުށުން ވައިރަސް ޖެހުނު ކުދިން ކަމަށް ލަފާކުރެެވޭ. (ކޮވިޑުން) އެ ކުދިން ސަލާމަތް ކުރެވޭނީ އަހަރުމެން (ބޮޑެތިމީހުން) ރައްކާތެރިވެ ތިބެގެން. ބަލިފެތުރޭ ކަންކަމުން ދުރުވެ އުޅެގެން!"

ނިމިދިޔަ 24 ގަޑިއިރުގެ ތެރޭގައި 734 މީހުން ރާއްޖޭގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވުމުގެ ތަފާތު ބޮޑު ރެކޯޑެކެވެ. މީގެ ކުރިން އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ މޭ 4 ގައި، 601 މީހުންނެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ޕޮޒިޓިވްވި 734 މީހުންގެ ތެރެއިން 540 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 186 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ސިނާއީ ރަށްތަކުގައި 1، ރިސޯޓުތަކުގައި 7 މީހުން އެބަތިއްބެވެ.

އިއްޔެގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 32،665 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 25،473 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 7،109 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 198 މީހަކަށް ފަރުވާދެމުން އަންނައިރު 77 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް