ވަރަށްވެސް ލޯބިވޭ އެހެނަސް، އެކަން މަޖުބޫރު ސިއްރުކުރަން
ދުރަށް ދާން ޖެހުނު ސަބަބާ ރުހި އެކަން ޖެހުނީ ގަބޫލުކުރަން
ހަނދާންތައް ނުފޮހެވޭ މިހުރީ ދެހިތުގައިވެސް އަދާހަމައަށް
އެދޭނީ ފޮނި ހަނދުމަތަކުގައި މިހެން މުޅި އުމުރު ހޭދަކުރަން
ދެކޭ ހުވަފެންތަކުން ބައްދަލުވެގެން ކުރެވޭ އިޝާރާތުން
ނިކަން ރަނގަޅަށް މި ދެހިތަށްވެސް އެނގޭނޭ މާނަ ދޭހަކުރަން
ދެތަންވީކަމަކު ހާލާތާއެކީ މި ދެހިތް މި ދުނިޔޭގައި
އޮތީ މަރުނުވެ ދެހިތުގައިވެސް މި ލޯތްބޭ އިންތިޒާރުކުރަން
ފުރައި ދެލޮލުން ކަރުނަ އޮހުނޭ ލިބެން ނެތްކަން ޔަގީންވީ ހިނދު
ތުރާ ދެހިތަށްވިޔަސް ޖެހުނީ ވަކިވެދިޔުމޭ ޚިޔާރުކުރަން
މި ދުނިޔޭން ވަކިވެދާން ޖެހުނަސް ކަލާއަށްވުރެ ކުރިން އަހަރެން
އެދޭނީ ފަހު ވަސިއްޔަތުގައި ކަލާޔާ ހިތް ހަވާލުކުރަން
