ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 734 މީހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ، ބަލިފެތުރުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެއްޖެއެވެ. މިއަދު މިއީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވުމުގެ ތަފާތު ބޮޑު ރެކޯޑެކެވެ. މީގެ ކުރިން އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ އިއްޔެ، 601 މީހުންނެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި 734 މީހުންގެ ތެރެއިން 540 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 186 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ސިނާއީ ރަށްތަކުގައި 1، ރިސޯޓުތަކުގައި 7 މީހުން އެބަތިއްބެވެ.
މިއަދުގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 32،665 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 25،473 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 7،109 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 198 މީހަކަށް ފަރުވާދެމުން އަންނައިރު 74 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.



advertisment