Support Us

ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރާތެއް މުވާޞަލާތީ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކުރިއަށްދަނީ -ފޮޓޯ: އެޗް.ޑީ.ސީ

ހުޅުމާލެ ފޭސް ދޭއްގެ ކަރަންޓު ކޭބަލްތަކެއް ގެއްލުނު މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

ހުޅުމާލެ ފޭސް ދޭއްގެ ކަރަންޓު ކޭބަލްތަކެއް ގެއްލުނު މައްސަލަ ފުލުހުންނާ ގުޅިގެން ހުޅުމާލެ ޑިވްލޮޕްމަންޓު ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ތަހުގީގުކުރަން ފަށައިފިއެވެ.

އެޗް.ޑީ.ސީން ބުނީ ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކަށް ކަރަންޓު ދިނުމަށް ގެނެސްފައިވާ ކަރަންޓް ކޭބަލްތައް ގެއްލިފައިވާކަން ސަމާލުކަމަށް އައުމާ އެކު މިހާރު ދަނީ އެ ކުންފުނީގެ އިންޓަރނަލް އޮޑިޓުންނާއި މޯލްޑިވްސް ޕޮލިސް ސާވިސަސްއާ ގުޅިގެން ތަޙުޤީގުކުރަމުން ކަމަށެވެ.

މި ކޭބަލްތައް ގެއްލުނީ ކޮން އިރަކު ކަމެއް، އަދި ގެއްލުނީ ކިހާ ކޭބަލެއް ކަމެއް އެޗް.ޑީ.ސީގެ ބަޔާނުގައެއް ނެތެވެ.

"ހުޅުމާލެ ފޭސް 2 ހިޔާ ސަރަޙައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ކަރަންޓުގެ ޙިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާއިރު މިފަދަ ކަމަކާއި ކުރިމަތިވުމަކީ މިކަމުގެ ސަބަބުން މި މަޝްރޫޢު ހިންގުމަށް އެތަކެއް ދަތިތަކެއް ކުރިމަތިވެގެންދާނެ ކަމެއް ކަމުގައި ފާހަގަކުރަމެވެ. އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މި މައްސަލަ ތަޙުޤީގުކޮށް މިކަމުގައި ބައިވެރިވާ ފަރާތްތަކަކީ ކޮބައިތޯ ދެނެގަތުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ކަމުގައި މި ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް ވާނަމަ އެ މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ވާހަކަ ދަންނަވަމެވެ." އެޗް.ޑީ.ސީގެ ބަޔާނުގައިވެއެވެ. "މީގެ އިތުރުން، ހުޅުމާލެ ފޭސް 2 ގައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އާބާދުވެގެން ދާއިރު ކޮންމެހެން ހުންނަން ޖެހޭނެ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ހުއްޓުމަކަށް ނުގެނެސް ތާވަލުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ކޯޕަރޭޝަންގެ ފަރާތުން ކުރަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް