Support Us

ކޮވިޑްގެ ކޮންޓްރޯލެއް ނެތް: މިއަދު 585 މީހުން ޕޮޒިޓިވް

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި، 585 މީހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ، ބަލިފެތުރުމުގެ ނުރައްކާ އަނެއްކާ ވެސް ބޮޑުވެއްޖެއެވެ. މިއަދު މިއީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވުމުގެ ތަފާތު ބޮޑު ރެކޯޑެވެ. މީގެ ކުރިން އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ 508 މީހުންނެވެ. އެއީ އިއްޔެއެވެ.


އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި 585 މީހުންގެ ތެރެއިން 397 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 160 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ސިނާއީ ރަށްތަކުގައި 15، ރިސޯޓުތަކުގައި 11 އަދި ތަރައްގީކުރާ ރިސޯޓުތަކުގައި 2 މީހުން އެބަތިއްބެވެ.

މިއަދުގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 31،330 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 25،214 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 6،033 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 173 މީހަކަށް ފަރުވާދެމުން އަންނައިރު 74 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް