Support Us

ނުކުރާނަން މައާފެއް

ނުކުރާނަމޭ މަޢާފެއް އިސްލާމަކަށް މަ ވީތީ
ޙުރުމަތް ކަނޑައި ޢިރާޤުގެ ތަޚްތަށް އަރައި ހިފީތީ

މުއްސަނދިކަމާއި ބާރާ ގާނޫނަކަށް ހަދައިގެން
މުސްލިމް ގައުމުތަކަށް ވަދެ އަތް ގަދަކުރަން ފެށީތީ

ޤުދުސާއި، ކުރޮޒްނީއާ، ކާބުލް، ތަޅައި ހިމުންކޮށް
މުޑުދާރު ޚާއިނުން އަދި ބަޣްދާދު ވެސް ހިފީތީ

ޓެރަރިސްޓުނަށް ހަދައިގެން މިނިވަންކަމޭ ކިޔައިގެން
މެދު އިރުމަތީގެ ބިންގާ ފުނޑުފުނޑު މުޅިން ކުރީތީ

ބަޑިއާ ބޮމާ މިސައިލުން ގިނަ މުސްލިމުން މަރާފައި
"ހަޑި ހާވަމުން ޔަހޫދީން އެބިމަށް ނަޖިސް ކުރީތީ"

ޣައްދާރުވީ ރަޙުމްކުޑަ އަނިޔާވެރީންގެ ޙަމަލައިން
ޖައްލާދު ކުޅަ ޤަތުލްތައް މަންޒަރު ލޮލުން ދުށީތީ

ބަޣުދާދު މުސްލިމުން ރޯ ރުއިމުން އޮހޭ ކަރުނު ތައް
ދުނިޔޭގެ މުސްލިމުންނާ ވިންދާ ލެޔާ ގުޅޭތީ

އިސްލާމުނަށްވި މަތިވެރި ހާސް އަހަރުވީ ޚިލާފަތު
އަންދާ ލުމަށް ޢިރާޤާ ބަޣްދާދު ހުޅު ޖެހީތީ

ބަޞަރާގެ ނަލަ ޤަދީމީ ގަނޑުވަރުތަކާ މުދާތައް
މަކަރާއި ޙީލަތުން އަދި ފޭރެން ދިމާ ކުރީތީ

މަތިވެރި އެތައް ޚަލީފާއިން ލެއްވެވި ބިމުގެ ކަރާމާތް
މަތިވެރި ޙަޟާރަތާ އެކު އަންދައި ފަނާ ކުރީތީ

ލައްކައިން ގުނާ ޢަދަދު ގިނަ އައިޓަމް ތަފާތު އަގުބޮޑު
ރައްކާ ކުރެއްވި ދާރުލް އާސާރު ލޫޓުވީތީ

މުސްލިމް ޒަމާންވީ ތާރީޚް ރައްކާ ވެފައިވާ ތަރިކައިން
"މުސްޙަފު" ވަގަށް ނަގައިގެން ހެދިގޮތް ނުވެސް އެނގޭތީ

ހުވަފަތްވި އަންހެނުންނާ މިސްކީނުވީ ދަރީންނާ
"ގުނަވަން ނެތުނު" ކުދީންނާ ފެނުމުން އަސަރު ކުރާތީ

އެއުރެން އެދޭ އެދުންތައް ޙާޞިލްވުމުން އުފާކޮށް،
ތެޔޮވަޅު ތަކުގެ މަތީގައި "ސަނގަލާޖަހަން" ފެށީތީ

 

* ނޯޓު: މި ޅެމަކީ، އެމެރިކާ އިސްކޮށް އޮވެ ބައިވެރި ގައުމުތަކަކާއެކު ޢިރާގަށް އަރައި ހިފުމާ ގުޅިގެން އަޅުގަނޑުގެ ހިތުގައި އޭރު އުފެދުނު ޝުޢޫރު ތަކެވެ. (އަޅުގަނޑުގެ ޅެން ފައިލްގެ ކޮޕީއެއް)

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *