Support Us

އީރާނުގެ ނިޔުކްލިއަރ މަރްކަޒަށް ހަމަލާދިނީ ކާކު؟

އީރާނުގެ ނިޔުކްލިޔަރ މަރްކަޒު ނަތަންޒަށް އިއްޔެ ދިން ޙަމަލާއަކީ އިސްރާއީލުން ދިން ޙަމަލާއެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޡަރީފު ވިދާޅުވެއްޖެއެވެ. އޭނާ އިންޒާރު ދެއްވި ގޮތުގައި އީރާނުން މި ކަމަށް ބަދަލު ހިފާނެއެވެ. އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ސަޢީދު ޚަޠިބު ޒާދާ ނޫސްވެރީންނާ ބައްދަލު ކުރައްވާ ސިފަކުރެއްވި ގޮތުގައި މިއީ "އިންސާނިއްޔަތާ ދެކޮޅަށް" ދެވުނު ޙަމަލާއެކެވެ.

އީރާނުން ސިފަކުރާގޮތުގައި މިއީ "ނިޔުކްލިއަރ ނިރުބަވެރި" ޙަމަލާއެކެވެ. މި ޖަރީމާ ހިންގި މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ޙައްޤު އީރާނަށް ލިބިގެންވާ ކަމަށް އީރާނުން ބުންޏެވެ.

ލިބުނީ ކިހާވަރެއްގެ ގެއްލުމެއް

އީރާނުގެ ނިޔުކްލިއަރ މަރްކަޒަށް ދެވުނު މި ޙަމަލާގެ ސަބަބުން އިންސާނުންނަށް ގެއްލުންތަކެއް ނުލިބުނަސް އެ މަރްކަޒަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އީރާނުގެ ބަޔާންތަކުން އެނގެއެވެ. ޡަރީފު ވަރަށް ކޯފާވެފައި ވިދާޅުވިއެވެ. "އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލުމަށް ޓަކައި އީރާނުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވަމުންދާތީ ޞިހްޔޫނީން ވަނީ ވަރަށް ރުޅި އައިސްފައެވެ. މި ޙަމަލާއަކީ އީރާނުގެ ރައްޔިތުންގެ ކިބައިން އެކަމަށް ބަދަލު ހިފުމަށް ދިން ޙަމަލާއެކެވެ. އެމީހުން ފާޅުގައި އެކަމަށް ހުރަސްއަޅައިނެ ކަމަށް ދަނީ ބުނަމުންނެވެ. އަހުރެމެން އެކަމަށް ބަދަލު ހިފާނަމެވެ."

ޚަތީބު ޒާދާ ވިދާޅުވި ގޮތުގައި މި ޙަމަލާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. އަދި އެއްވެސް ވިސަޑުވުމެއް ނުހިނގައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޙަމަލާއަކީ ނިޔުކްލިއަރ ކާރިސާއެއް ހިނގައިފާނެ ނުރައްކާތެރި ޙަމަލާއެކެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ ތަޖްރިބާކާރުން މިހާރު ދަނީ ލިބުނު ގެއްލުންތައް ހިސާބު ކުރަމުންނެވެ." އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މި ޙަމަލާގެ ސަބަބުން ހަލާކުވި މެޝިންތަކުގެ ބަދަލުގައި އަހުރެމެން ދެން ބަހައްޓާނީ އެއަށްވުރު މޮޅު އެއްޗެއްސެވެ. އެއަށްވުރެ ފަންނީ ޤާބިލުކަން ބޮޑު އާލަތްތަކެކެވެ."

ލިބުނީ ކޮން ކަހަލަ ގެއްލުންތަކެއް

އީރާނުގެ ޒައްރީ ހަކަތައާ ބެހޭ ޖަމްޢިއްޔާގެ ރަސްމީ ތަރްޖަމާނު ބަހްރޫޒު ކަމާލަވުންދީ ރައުޝަން ވިދާޅުވި ގޮތުގައި "ނަތަންޒުގައި ހުންނަ ޔޫރޭނިއަމް މުއްސަނދި ކުރާ ޝަހީދު އަޙްމަދީ އެކުވެނީގައި މި ދިޔަ އާދީއްތަ ދުވަހު ފަތިހު ޙަދިސާއެއް ހިނގައިފިއެވެ. އެހެނަސް މި ޙާދިސާގެ ސަބަބުން މީހަކަށް ގެއްލުމެއް ނުލިބެއެވެ. އަދި ރޭޑިއޭޝަންގެ ސަބަބުން އެއްވެސް ވިސަޑު ކަމެއް ނުހިނގައެވެ." އީރާނުގެ ބަރްލަމާނުގެ ހަކަތައާ ބެހޭ  ކޮމެޓީގެ ތަރްޖަމާނު  މާލިކު ޝަރީޢަތީ ވިދާޅުވިގޮތުގައި ނަތަންޒުގައި ހިނގި ޙާދިސާގެ ސަބަބުން އެ މަރްކަޒުގެ ކަރަންޓް ވިއުގައަށް ގެއްލުންތަކެއް ލިބުނެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ލަފާކުރެވޭ ގޮތުގައި ތަޚްރީބީ ޢަމަލެކެވެ.

އީރާނުގެ ޖާސޫސީ މަޞްދަރުތަކާ ޙަވާލާދީ 11 މޭގައި އީރާނުގެ ނޫސް އޭޖެންސީ ބުނި ގޮތުގައި މި ޙަމަލާގެ ފަހަތުގައި އޮތީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޯސާދެވެ. އިސްރާއީލުގެ ރޭޑިއޯއިންނާއި ބައެއް މަސްއޫލުވެރީން ވަނީ މި ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އިސްރާއީލުގެ ރަސްމީ ޓީވީ ޗެނެލެއް ކަމުގައިވާ "ކާން" ޗެނެލް ބުނާގޮތުގައި އީރާނުގެ ނަތަންޒު ރިއެކްޓަރުގައި ހިނގި ޙާދިސާގެ ފަހަތުގައި އޮތީ މޯސާދެވެ. ޒައްރީ ހަކަތައާ ބެހޭ ބައިނަލް އަޤްވާމީ އޭޖެންސީން މި ހާދިސާއާ ބެހޭގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *