Support Us

ކެޓަގަރީ H10ގެ 188 މީހުންގެ ގުރުނަގައިފި، ފްލެޓް ލިބޭނީ ފުރަތަމަ ފަންގިފަލައިން

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ 6720 ފުލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފްލެޓެއްކަން ކަނޑައެޅުމަށްޓަކައި ހާއްސަ އެހީއަށް ބޭނުންވާ މީހުން (H10)ގެ ކެޓަގަރީގެ 188 މީހުންގެ ފްލެޓްގެ ގުރު މިއަދު ނަގައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ބުނީ މި ކެޓަގަރީގެ ހުރިހާ ފަރާތަކަށްވެސް ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ޓަވަރުތަކުގެ ފުރަތަމަ ފަންގިފަލައިން ކަމަށާއި އަދި މި ގުރުއަތަށްފަހު ފުލެޓްގެ އެގްރީމެންޓްގައި ސޮއިކުރުމާއި، ފުލެޓްގެ ތަޅުދަނޑި ޙަވާލުކުރާނެ ތާރީހެއް ފަހުން އިޢުލާނު ކުރެވިގެންދާނެ ކަމަށެވެ.

ޓީވީތަކުން ލައިވްކޮށް ކުރިއަށް ގެންދިޔަ މި އިވެންޓްގައި H10 ކެޓަގަރީން ދާއީމީ ލިސްޓްގައި ހިމެނިފައިވާ ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ފުލެޓް ނަމްބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު އެ ކެޓަގަރީން ފުލެޓް ލިބިފައިވާ ކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައި.ޑީ ކާޑުގެ ނަމްބަރު ތަރުތީބުންނެވެ. މީގެ އިތުރުން، ގުރުއަތުން ނެގުނު ފުލެޓާއި، ފުލޯ އާއި ޓަވަރު އެނގޭ ގޮތަށް ޓީވީ ސްކްރީނުން ވަނީ ދައްކައިފައެވެ. އަދި މި ހުރިހާ މަޢޫލޫމާތުތަކެއް ފުލެޓް ލިބުނު ފަރާތްތަކުގެ  ފޯނު ނަމްބަރަށް SMS ޒަރިއްޔާއިން މިހާރު ޙިއްސާކުރެވިފައިވާނެ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.

"ހިޔާ މަޝްރޫއު" ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުރަތަމަ ޕްލޭންކުރި 7،000 ފްލެޓަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 25،000 ފޯމު ހުށަހެޅި އެވެ. އަދި "ޝަރުތު ހަމަވާ މީހުންގެ ލިސްޓު" އިއުލާންކޮށް، 2018 ނޮވެމްބަރުގައި ރައީސް ޔާމީނުގެ ދައުރު ނިމުމުގެ ކުރިން ވަނީ ފްލެޓް ލިބުނު ކަމުގެ ލިއުން ވެސް ދީފައެވެ. ނަމަވެސް، ފްލެޓަށް "ޝަރުތު ހަމަވާ މީހުންގެ ލިސްޓު" ހެދުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެކަމަށް ހާއްސަ ކޮމިޓީއެއް އުފައްދައި، ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ވެސް ބަލައި، އެ ލިސްޓު އަލުންބަލުން ބަލައި "ޝަރުތު ހަމަވާ މީހުންގެ ލިސްޓު" އަނެއްކާ ވެސް އާންމުކޮށްފައެވެ. މި ސަރުކާރުން އާންމުކުރި ލިސްޓުގައި، ބައެއް މީހުންނަށް ވަނީ ކުރިއަށްވުރެ ޕޮއިންޓް އިތުރުވެ، އަނެއް ބަޔަކަށް ދަށްވެފައެވެ. ނަތީޖާއެއްގެ ގޮތުން ފްލެޓް ލިބޭނެ ކަމަށް ލިއުން ލިބިފައިވާ ބައެއް މީހުންނަށް ވެސް މިހާރު ވަނީ ފްލެޓް ކަޓައިފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް