މިއަދު ގައުމުގެ ރައްޔިތުންނަށް މިފަދަ އަޅުވެތި ޙާލަތެއް
މިއަދު ޖައްސާފާނެ ކަމުގެ ޚިޔާލުވެސް ނުކުރާ ކަމެއް
ދެން ފެށޭނީ މިބިމުގައި ރަށްވެހިކަމުގެ ހަނގުރާމައެއް
ދެން ޖެހޭނީ ހަމަ "ފަލަސްޠީނަށް ޖެހުނުފަދަ ޙާލަތެއް"
އެންމެ ރޮކެޓެއް އަދި ބޮމެއް ވެސްނެތް މިނިކަމެތި ރައްޔިތެއް
އެންމެނިކަމެތި ކޮށްލުމަށް ތިޔަނިންމަނީ ގޯސް ނިންމުމެއް
މިއަދު ބައްލަވަ! ލޭބަރުން ގޮތުގައިގެނެސް ތިބި ބަކުވެސް
މިއަދު މިތަނުގެ ރައްޔިތުން އެ ރަހީނުކޮށް ބޭނުން ގޮތެއް
ލައްކައެއްހާ ނޫޓު ދިނުމާއެކު މިތާ ރަށްވެއްސަކަށް-
ވަންޏަކާ ދެން މިލިޔަނެއް، އާބާދުވާން ނެތް ހިނދުކޮޅެއް
އަދު މިކަން ވިސްނަން ތިބީ ހަމައެކަނި ގައުމުގެ ރައްޔިތުން
އަދު ނެތޭ އަލިރަސްގެފާނާ އަދި އުތީމު ތިންބެއިންނެއް
