އުޅެންޏާ އެކު އުޅެން ވާނޭ ރުހެންޏާވެސް ރުހެން ވާނޭ
ގުޅެންޏާ ވެސް ގުޅެން ވާނޭ، އުޅެން އެކަމަކު އެނގެން ވާނޭ
އެދޭ ގޮތަކަށް ހެދެންވާނޭ އެދޭ އެދުމެއް ބުނަން ވާނޭ
ބެހޭ މަޅިޔެއް ނުފެންނާނޭ، ހެދޭ ނުހެދޭ އެނގެން ވާނޭ
ހަނދާން އަބަދަށް ކުރަންވާނޭ ހަނދާ ތަރިޔާ އެނގެން ވާނޭ
ޙަޔާތަށް ހެޔޮ އެދުންވަނޭ ސަލާމަތް ވާން އެނގެން ވާނޭ
ހެވާ ނުބަޔާ އެނގެންވާނޭ އެދޭކަމަކަށް ބުނަން ވާނޭ
އެދާ ތަނަކަށް ދެވެންވާނޭ ފެނާ އަލިފާން އެނގެންވާނޭ
ދުލެއް ދިންނަމަ ދަމަންވާނޭ ފުނަށް ދާން ދޫކުރަންވާނޭ
ބުނަންވާ ބަސް ބުނަންވާނޭ ދުރަށް ވިސްނައި އުޅެންވާނޭ
ކެވޭ ނުކެވޭ އެނގެން ވާނޭ ކެވޭ ވަރުވެސް ބެލެން ވާނޭ
ހެދޭ ގޯސްވެސް ބުނަން ވާނޭ ހެވާ ނުބަޔާ އެނގެން ވާނޭ
ގޮވޭ ނުގޮވޭ އެނގެންވާނޭ ހެދޭ ނުހެދޭ ބެލެން ވާނޭ
ބޮވޭ ވަރަކަށް ބޮވެން ވާނޭ ބޮވޭ އެއްޗެއް އެނގެން ވާނޭ
ކުރާ ދަތުރެއް ކުރަން ވާނޭ ދުރަށް ވިސްނައި ބަލަން ވާނޭ
ހުދާއި ކަޅާ އެނގެންވާނޭ ފުރާ ބަނދަރަށް ލެފެން ވާނޭ
