މިތުރަކަށް އެކުގައި އުޅުނުއިރު ހެޔޮކަމުން ނުކުރަން ހިޔެއް
އިތުރު އަނިޔާ އެއް ހިތަށް ދީފާނެކޭ މިގޮތަށް ދެނެއް
ހިތުގެ ފަރުވާ ދޭން ބުނީމާ ހިތް ނަގައި ލީމާ އަތަށް،
ހިތުގެ ހިމަހިމަ ނާރަކަށް ތި ޖެހީ ނުބައި "އިންޖެކްޝަނެއް"
މިފަދަ އަނިޔާއެއް ތިބާ ދީފާނެޔޭ ހީނުކުރިޔަސް
މިއަދު ދިން ވޭނާއި އަނިޔާ މާފު ނުކުރާނަން މަށެއް
ތިޔަގޮތަށް އިންސާނަކަށް ލޯބީގެ އަދަބެއް ދީފައެއް
ތިޔަގޮތަށް އުފަލުން ތިބާއަށް ނޫޅެވޭނެ! ޔަގީން ކަމެއް
ދިރުމަކަށް އިޙްސާސަކަށް އަހުރެންގެ ނެތް އުއްމީދުވެސް
އިތުރަކަށް މިހިތަކު ނެތޭ އެ ޒަޚަމް ނުފޯރާ ތަން ކޮޅެއް
މީގެ ކުދިކުދި މެސެޖުތައް ލިބެމުންދަނީ އެތަކެއް ދުވަސް
އޭގެ ފަހުގައި އައި މިޙަމަލާގައި ނެތޭ މިންޖެއް ދެނެއް
ފިތުނަވެރި ލޯބީގެ އަލިފާނުން އަނދައި އަޅިޔަށް ވިޔަސް
އިތުރު ފިނި ކަމަކަށް ތިބާ އަރިހުން އެދެން ނެތް ބޭނުމެއް
