ކ. މާފުށި ޖަލަށް އެތެރެކުރަން އުޅުނު 15 މޯބައިލް ފޯނު ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް އަދި މާފުށި ޕްރިޒަން ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަންގައި، މާފުށި ޖަލު ހިމެނޭ ސަރަހައްދު ބަަލައި ފާސްކުރިއިރު 15 މޯބައިލް ފޯނުގެ އިތުރުން ހަތަރު ޔޫއެސްބީ ކޭބަލާއި ޗާޖަރެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ މާފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment