Support Us

ވަގަށް ނަގައިފައިވާ 20 ބިޑީގެ ވެރިފަރާތް ފުލުހުން ހޯދަނީ

ނީލަން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ އަތުން ފެނިފައިވާ ކޮންސްޓްރަކްޝަން މަސައްކަތުގައި ބޭނުންކުރާ 20 ބިޑި ހިމެނޭ ގޮތަށް، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ފުލުހުން ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:

  • ފެބުރުވަރީ 2 ވަނަ ދުވަހު ނީލަން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ޓެބްލެޓެއް. އިންސިޑެންޓް ނަންބަރު  480510
  • ފެބުރުވަރީ 2 ވަނަ ދުވަހު ސޯސަންމަގު އަގޯރާ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއް އަތުން ފެނިފައިވާ ކޭޖޭޓީއެލް ބްރޭންޑުގެ ކަޅުކުލައިގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު  477960
  • ފެބުރުވަރީ 20 ވަނަ ދުވަހު އަމީނީ މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ ރަން ފަށެއް. އިންސިޑެންޓް ނަންބަރު 479660
  • ފެބުރުވަރީ 20 ވަނަ ދުވަހު މަޖީދީ މަގުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަޅުކުލައިގެ ވޮލެޓެއް. އިންސިޑެންޓް ނަންބަރު  479655
  • ފެބުރުވަރީ 20 ވަނަ ދުވަހު މާޑު ގަރާޖު ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ކަޅުކުލައިގެ ދަބަހެއް. އިންސިޑެންޓް ނަންބަރު 479647
  • ފެބުރުވަރީ 21 ވަނަ ދުވަހު ނީލަން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ، ކޮންސްޓްރަކްޝަން މަސައްކަތުގައި ބޭނުންކުރާ 20 ބިޑި. އިންސިޑެންޓް ނަންބަރު 479692
  • ފެބުރުވަރީ 22 ވަނަ ދުވަހު ނީލަން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ، ކޮންސްޓްރަކްޝަން މަސައްކަތުގައި ބޭނުންކުރާ ހަ ޖެކް ހޮޅި. އިންސިޑެންޓް ނަންބަރު  479792
  • ފެބުރުވަރީ 22 ވަނަ ދުވަހު ނީލަން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ހަ ފޮށި ތަށިމުށި. އިންސިޑެންޓް ނަންބަރު  479864
  • ފެބުރުވަރީ 24 ވަނަ ދުވަހު ހަނދުވަރީ ހިނގުމުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އައި ފޯން 11 އެއް (ގޯލްޑް ކުލަ). އިންސިޑެންޓް ނަންބަރު  480046
  • ފެބުރުވަރީ 24 ވަނަ ދުވަހު ނީލަން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ ކަރަންޓު ސާމާނުތަކެއް. އިންސިޑެންޓް ނަންބަރު  480018
  • ފެބުރުވަރީ 26 ވަނަ ދުވަހު ފަނޑިޔާރު މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ދެ މޯބައިލް ފޯނު. އިންސިޑެންޓް ނަންބަރު  480160
  • ފެބުރުވަރީ 27 ވަނަ ދުވަހު ނީލަން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ ދަގަނޑު ފަސް ހޮޅި. އިންސިޑެންޓް ނަންބަރު  480243
  • މާރިޗު 1 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ޒޫމާ ސައިކަލެއްގެ ހުންގާނުގެ ބައިތަކެއް. އިންސިޑެންޓް ނަންބަރު  480458
  • މާރިޗު 2 ވަނަ ދުވަހު ޖަނަވަރީ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ރެޑްމީ 7 ކަޅުކުލައިގެ ފޯނެއް. އިންސިޑެންޓް ނަންބަރު  480402

"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.

މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *