ހުޅުމާލެ ޑިވްލޮޕްމަންޓު ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ކަނބަލުންނަށް ކޮންމެ މަހަކު އިތުރު އެއް ދުވަސް މެޑިކަލް ޗުއްޓީގެ ގޮތުގައި ދޭގޮތަށް ހަމަޖައްސައިފިއެވެ. މިކަން އިއުލާންކުރެއްވީ އަންހެނުން ދުވަހުގެ މުނާސަބަތާ ގުޅިގެން މިއަދު ބޭއްވި ހާއްސަ އޮންލައިން ސެޝަނެއްގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑައިރެކްޓަރ ސުހެއިލް އަހުމަދެވެ.

މިއީ، އާންމުކޮށް ލިބޭ ޗުއްޓީތަކުގެ އިތުރުން، ކަނބަލުންނަށް މިގޮތަށް ޗުއްޓީ ދުވަހެއް ހަމަޖެއްސި ފުރަތަމަ ކުންފުންޏެވެ.
އެޗް.ޑީ.ސީން ބުނީ އަންހެނުންގެ ދުވަހާ ގުޅިގެން ހުރިހާ އަންހެން މުވައްޒަފުންނަށް މިއަދު ބޭއްވި ޚާއްސަ އޮންލައިން ސެޝަނަކީ "އިންސްޓިޓިއުޓް އޮފް ވެލްނަސް އެޑިއުކޭޝަން ބައި ވުމަން ސެންޓަރާ" ގުޅިގެން ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަނެއް ކަމަށެވެ. މި ސެޝަންގައި ކަމުގެ ތަޖުރިބާކާރުން ވަނީ މައުލޫމާތު ދީފައެވެ.
އަންހެނުންގެ ދުވަހާ ގުޅިގެން އެޗް.ޑީ.ސީގެ ބައެއް ކަނބަލުންގެ ހިނިތުންވުން ދައްކުވައިދޭ ވީޑިއޯއެއް އެ ކުންފުނީގެ ފޭސްބުކްގައި ވަނީ ޝާއިއުކޮށްފައެވެ.



advertisment

