މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ކ. ކާށިދޫން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އެ ދެ އޮޕަރޭޝަނުގެ ތެރެއިން މިއަދު ހިންގި މަސްތުވާތަކެތީގެ އޮަޕަރޭޝަނަކީ ކާށިދޫގައި މީހަކު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 28 އަަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓަކާއި، ކުޑަ ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި ކާށިދޫގައި ރޭ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި 22 އަަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓަކާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގުުރަމުންނެވެ.



advertisment