ދެސަރުކާރުން ދެސަރުކާރަށް ކުރާ ހަނގުރާމަ ހޫނު ވެފާ
ދެސަރުކާރުގެ ދެމެދުގައި އަދު މިނިކަމެތި ރައްޔިތުން ފިތިފާ
ދެސަރުކާރުން ދެސަރުކާރަށް އަބަދު ކުށްވެރި ކުރުން ކަމަކީ
"ދެސަރުކާރުގެ ކަރާޓީން" ރައްޔިތުން މިތިބީ ގޮތެއް ނެތިފާ
އެސަރުކާރުން ފުލެޓު ކޮމިޓީ މިސަރުކާރުން ފުލެޓު ކޮމިޓީ
ދެކޮމިޓީ ދެމެދުގައި މާޔޫސް ކަމާއެކު ރައްޔިތުން ރޮވިފާ
އެސަރުކާރުން ޕޮއިންޓް ދިނުން، މިސަރުކާރުން ޕޮއިންޓު ކެނޑުން
ދެސަރުކާރުގެ މިކުޅިގަނޑުގައި ހަލާކުވެ ރައްޔިތުން ނިމިފާ
އެސަރުކާރުން ފުލެޓުދިނުމުން މިސަރުކާރުން ފުލެޓު އަތުލުން
ދެސަރުކާރުގެ ދެމެދުގައި ރައްޔިތުންނަށް އަދު ގޮތެއް ނެތިފާ
އެސަރުކާރުން ވަޒީފާދިން މިސަރުކާރުން ވަޒީފާއިން ކެނޑި،
ދެސަރުކާރުގެ ދެމެދުގައި އަދު ވަޒީފާ ގެއްލިގެން ގޮސްފާ
އެސަރުކާރުގެ ޚިޔާނާތްތައް މިސަރުކާރުގެ ކޮރަޕްޝަންތައް
ދެސަރުކާރުގެ ތެރެއިންވެސް ނިކަމެތީން ހަމަ ޙާލުގައި ޖެހިފާ
އެސަރުކާރުން ފުލެޓު އެޅުމުން "މިސަރުކާރަށް ކޮވިޑު ޖެހުމުން"
ދެސަރުކާރުގެ ދެމެދުގައި ރައްޔިތުން "ސަސްޕެންޑުވެސް ކޮށްފާ"
ދެސަރުކާރުގެ ފުށުންވެސް ނިކަމެތީން ނިކަމެތިވެގެން ދާކަން،
"ފުޅަނތްގަށް ޖެހުނުފަދަ ޙާލެއް މިނިކަމެތި ރައްޔިތަށް ޖެހިފާ"
