Support Us

ދިވެހި ބަފައެއްގެ އާދޭސް

ދިވެހި ލޮބުވެތި ދަރިންނޭ އަދު "ބަފާގެ" މިއަޑު އަހާ ލައްޗޭ
ދިވެހިބަސް މޮށެ އުޅުން ތިކުދިން ހިލާ ހަމަ ދޫނުކޮށް ލައްޗޭ

ބަފައިމެން ދުނިޔެ ދޫކުރިއަސް ދަރީން ވާޖިބު ކަމަށް ދެކެގެން
ހިފައިގެންގޮސް މިބަސް ދަރި ދަރި ކޮޅަށް ވެސް ރައްދުކޮށް ދެއްޗޭ

ޒުވާން ޖީލުގެ ކޮނޑަށް ލައިގެން ދިވެހިބަސް އުފުލަމުން ގޮސްފާ
ނުވާނޭ ބުނެ ދަރީންގެ ކޮނޑުން ދިވެހި ބަސް ދޫނުކޮށް ލައްޗޭ

މިމަތިވެރި ދީނުގައި ތިބުމާ އަމިއްލަ ބަހެއް މޮށެން އޮތުމާ
މިމަތިވެރި ނިޢުމަތެއް ކަމުގައި ބަލައިގެން ޝުކުރުކޮށް ލައްޗޭ

މިގައުމުގެ ކާބަފައިންގެ ހަނދާންތަކާ ބަސްމޮށެ އުޅުނު އުޅުމާ،
ނަގައިނުމެލައި، ދަރީންނޭ އަދު މި ޛިކުރާވެސް ގެނެސް ދެއްޗޭ

ދިވެހި ދަރިޔެއް ކަމަށްވަންޏާ ބަހެއް ފުރަތަމަ ދުލުން މޮށެނީ،
ދިވެހި ބަހުން ކަމާ މެދުގައި ހަނދާނަށް އަބަދު ގެންނައްޗޭ

ބަހުން އެކިބަސް ބަހުންކިޔަވާ މޮޅަށް ދަސްވެނި ވިޔަސް ތިދަރީން
ބަހުން ފުރަތަމަ "ސަލާންޖެހި ނާށިގަނޑު" ވެސް ދޫނުކޮށް ލައްޗޭ

ދިވެހިބަހަކީ ދިވެހި ގައުމަށް އެކަނިއޮތް މިލްކަކަށް ވާތީ
ދިވެހި ގައުމުގެ ދަރީން މިފަޚުރު ހިލާވެސް ދޫނުކޮށް ލައްޗޭ

ދިވެހިބަފައެއް ކުރާއާދޭސް ދެފައިގައިވެސް ހިފައި ރޮއިފާ
ދިވެހި ލޮބުވެތި ދަރިންނޭ އަޅެ ބަފައިގެ މިއަޑު އަހާލައްޗޭ

ނިޝާން ފެއްސާ ރަތާއި ހުދުން މިތާ ވިހުރޭ ކަމަށް ވަންޏާ
ފިސާރި ގަޔާ ވެގެން މާދަރީ ދިވެހިބަސް ދޫނުކޮށް ލައްޗޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *