ނިމުމާއި ގާތްވެފައިވާ ކުރު ފިލްމެކޭ ދުނިޔެމީ
އަމުރާ ނަހީގެ މައްޗަށް އޮތް އިމްތިޙާނެކޭމީ
ޙިކުމަތްތަކެއްގެ ނިވަލުން އިބުރަތްތަކެއް ލިބޭހެން
އެކި ކުލަތަކަށް ބަދަލުވާ ގުދުރަތުގެ މަންޒަރެއްމީ
ނޭގޭނެ ޙާލަތެއް އައިސް ގެންދާނެ ވަކި ދިމާއެއް
އޭގައި ދެ ސާހިލެއްވާ އޮއިބާރު ކޯރެކޭމީ
ހެޔޮ އަމަލުތައް މަތީގައި ސާބިތުވި ސާފު ހިތްތައް
ހެޔޮ ނިމުމަކާ ދިމާއަށް ގެންދާނެ ފާލަމެއްމީ
ޣަފުލަތުގެ ހިޔަނި އެޅިގެން ގެއްލެނިކުރެއްވިނަމައީ
ނަފުސަށް ހިމާޔަތެއް ނެތް ކަޅުއަނދިރި ރޭގަނޑެއްމީ
މަގުތައް މިތާގެ އުނދަގޫ އީމާންކަމާ ގުޅޭތީ
ތަޤުވާގެ މޮޅު ސަވާރީން ފަހިވާނެ ދަތުރެކޭމީ
