ޒަމާނުގެ އޮއިވަރާ ކުލަވަރު، ޙަޔާތުގެ ސިފަ ބަދަލުކުރިއޭ
ސަމާލުކަމެއް ނުދީ ހުއްޓާ ޙަޔާތް ބީވީ! ވަރަށް ދެރައޭ
ރަހީނުކުރީ ހިތާ ނަފުސާ، ހަވާ ނަފުސުގެ އެދުންތަކަކުން
ނަހީއާ މުންކަރާތަށް ދެން އެއަށްފަހު ނަފުސު ބޯލެނބިއޭ
ޢަމަލު ސީދާ ކުރަން ނުރުހުނު ހިތެއް އޮތަތީ މި މޭގެތެރޭ
އަމިއްލަ ހިތުން ނުބައި ފާސިދު ނިޔަތް އެދުވަހު އުފަންކުޅައޭ
ހަޔާތު މާނަ އޮޅުވާލާ، އުޅޭ ވަގުތީ މި ދުނިޔެއަކީ
"ޚިޔާލީ ޖަންނަތޭ" ހީކޮށް މި ހިތް ޣާފިލް ނިދިން ނިދިއޭ
އުފާދޭ ކޮންމެކަމަށް ހަމަ މި ހިތް ދީލާލިތަން ފެނިގެން
ލަފާ ދިން ދޫތަކާ ދެކޮޅަށް ޟަމީރު މަގޭ ޖަދަލުކުރިއޭ
****
ދުނިޔެ މުނިފޫހިފިލުވައިދީ، ދުނިޔެ ރުއްސަންވެގެން އުޅުމުން
އުނިވެ ދިޔަތަން ޙަޔާތުން ދެން ލިބޭނެގޮތެއް އަލުން ނުވިއޭ
