Support Us

ތަޢުބީރު ނުވި ހުވަފެން

ބީހިލާ ވައިރޯޅިއާ އެކު ބިން މިތާ މި ނަށާލަނީ
ރީތި ފަރި ހަރަކާތުގައި އުޑު ވެސް އެތާ އެ ނަށާލަނީ
ހީނލަމުން ފައިހަމަ މަށާކޮށް ކާއިނާތު ނަށާލަނީ

ޝޯޚުގައި ނުފޮޅޭ މަލުގެ ފަރި މޫނުބުރުގާ އުފުލަނީ
ފޯދިފައިވާ މަލުގެ މަސްތީ ހިތް އަސަރުގައި ތެޅިލަނީ
ލޯބިވެތި މޫސުންބަހާރުގެ ކުޅިސަމާ އެ ނަށާލަނީ
ހީނލަމުން ފައިހަމަ މަށާކޮށް ކާއިނާތު ނަށާލަނީ

ހުރިތަނުން ލުހިގެން އައިސް ފަރުބަދަތަކޭ ބޯ ތިރިކުރީ
ކުރިމަތީ ހުރިހާ ވިލާތައް ނަޒަރަކުން ކުރުނީސް ކުރީ
ފުރިއުތުރިދާ ހިތުގެ ވާހަކަތައް ދެނޭ އެ ނަށާލަނީ
ހީނލަމުން ފައިހަމަ މަށާކޮށް ކާއިނާތު ނަށާލަނީ

ފޮރުވަނީއޭ މާތަކުގެ ނަލަ މޫނުތައް މޫނުގެތެރޭ
ހުރަހަކާ ނުވެއޭ މިތާ ފަރުދާތަކެއް މަހެފިލް ތެރޭ
ފުރުސަތުން ހެލިފެލި ވެލައިފި ޒުވާންކަމޭ އެ ނަށާލަނީ
ހީނލަމުން ފައިހަމަ މަށާކޮށް ކާއިނާތު ނަށާލަނީ

ހީވިޔޭ ލޯބީގެ ނާޒުކު އުމުރު ގާތަށް ޖެހިލިހެން
ބީހެމުން ދުނިޔޭގެ ހުރިހާ ރީތިކަން ފިރުމާލިހެން
ޒީނަތުން ލޯބީގެ ދާވަނި ފަތުރަމުން އެ ނަށާލަނީ
ހީނލަމުން ފައިހަމަ މަށާކޮށް ކާއިނާތު ނަށާލަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *