Support Us

ބޮޑުވަޒީރު ތާން ސްރީ މުޙުޔިއްދީން ޔާސީން

މެލޭޝިއާގެ ޤައުމީ އެއްބައިވަންތަކަމުގެ "ނޫޗާޕު" އިފުތިތާޙުކޮށްފި

ވެރިކަން ހިންގުން އެންމެ އުނދަގޫ އަދި ފަސޭހައިން ޤައުމު ފުނޑުވެދާފަދަ ޙާލަތެއްގައި ވަނިކޮށް މެލޭޝިއާގެ ވެރިކަމާ ޙަވާލުވެވަޑައިގަތް، ބޮޑުވަޒީރު ތާން ސްރީ މުޙުޔިއްދީން ޔާސީން، އެ ޤައުމު އެއްބައިވަންތަކުރުމުގެ 10 އަހަރު ދުވަހުގެ ނޫޗާޕެއް ހޯމަދުވަހު ހެނދުނު އިފްތިތާޙުކުރައްވައިފިއެވެ. "ނޫޗާޕު"ގެ މާނައަކީ ނިޒާމީ ގޮތެއްގައި ރާވައިލެވޭ ރޭވުމެކެވެ. ނުވަތަ ކުރަހައިލެވޭ މަގުޗާޓެކެވެ.

ޤައުމީ އެއްބައިވަންތަކަމުގެ ނޫޗާޕު (2021~2030) ތަފްޞީލުކޮށްދެނީ ޤައުމީ އެއްބައިވަންތަކަމުގެ ރޭވުމުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޓަކައި ސަރުކާރުން ޢަމަލުކުރާނެ ގޮތުގެ ޢަމަލީ ރޭވުމެވެ. މި ޒަމާނުގެ ގޮތަކަށް ދަންނަވާނަމަ އެކްޝަން ޕްލޭނެވެ. ފެދުރާލީ ޤާނޫނުއަސާސީއާއި ޤައުމީ ރުކުންތައް (ރުކުން ނެގާރާ) ގެ މައިގަނޑު އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ޤައުމީ ބަދަހިކަމަކަށް އެންމެންގެ މެދުގައި ބާރުއެޅުމަކީ "ނޫޗާޕު"ގެ މައިގަނޑު މަޤުޞަދެވެ. ފާހަގަކޮށްލުން އެކަށީގެންވާ ފަދައިން މިއަދުގެ މެލޭޝިއާއަކީ މެލޭ ދަރިކޮޅުގެ އިތުރަށް، ސީނު ދަރިކޮޅާއި ތަމަޅަ ދަރިކޮޅުގެ މައްޗަށް އެކުލެވޭ، ގިނަދަރިކޮޅުތަކުގެ، މުޖުތަމައެކެވެ.

މުޙުޔިއްދީން ވިދާޅުވި ގޮތުގައި "ޤައުމީ އެއްބައިވަންތަކަމުގެ ރޭވުމާއި އެއާ ގުޅިފައިވާ ނޫޗާޕަކީ އެންމެން ޝާމިލުވާ، ކެތްތެރި، ތަޙައްމަލީ އަދި ވަޠަނީ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެތައް އަހަރެއްގެ ބުރަ މަސައްކަތުން ނެރެވުނު ނަތީޖާއެކެވެ.

ޤައުމުގައި ހަގީގީ އެއްބައިވަންތަކަމެއް އުފެއްދުމަށާއި، ތަފާތު ނަސްލުތަކުގެ މެދުގައި އެއްބައިވަންތަކަން ކުޑަވެފައިވާ ސަބަބު ދެނެގަނެ އިޞްލާހުކުރުމަށް ޓަކައި އަދިވެސް ކުރާން ހުރި މަސައްކަތްތައް ވަރަށް ގިނަކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. މުޖުތަމަޢީ ގުޅުންތައް ތަފާތު ނަސްލުތަކާއެކު ދެމެހެއްޓިފައިވާ ގޮތުގެ މައްޗަށް ވެސް ރިޢާޔަތްކުރާންޖެހޭނެއެވެ. ކޮވިޑް19ގެ ޢާލަމީ ވަބާގެ ޙާލަތަށް މުޖުތަމަޢޫން އިޖާބަދީފައިވާ ގޮތް ތަޖުރިބާކުރެއްވިފައިވާ ބޮޑުވަޒީރު ދެކެވަޑައިގަންނަވާ ގޮތުގައި މިކަމަށް ޓަކައި ކުރައްވާންޖެހޭ މަސައްކަތް އަދިވެސް ވަރަށް ގިނައެވެ. (ބަރްނާމާ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *