މީސްމީޑިއާގައި ދައުރުވާ ފޮޓޯތަކުގެ ތެރެއިން މި ފަހަކަށް އައިސް އެންމެ ބޮޑަށް ފާހަގަވި އެކައްޗަކީ އެކި ރަށްރަށުގައި ހަދަމުން އަންނަ މޫދު އުނދޯލިފަތިތަކުގެ ފޮޓޯއެވެ. އޭގެ އިތުރުން ބަނދަރުމަތީގައި، ފިސާރި ބޮޑުކޮށް ޖަހައިފައި އޮންނަ އެ ރަށެއްގެ ނަންފިލައެވެ.
ބައެއް ރަށްރަށުގެ ނަންފިލާ ފަރުމާކޮށްފައި ހުންނަނީ، ހަމައެކަނި ނަން ޖަހައިލުމުގެ ބަދަލުގައި، އެ ރަށަކަށް ނިސްބަތްވާ ކޮންމެވެސް ޚާއްސަ ކަމަކާ ނުވަތަ އެ ރަށަކަށް ޚާއްސަވެފައި އޮންނަ ކޮންމެވެސް އެއްޗަކާ ގުޅުވައިގެންނެވެ. ބައެއް ރަށްރަށުގައި، އެއީ އެ ރަށެއްގެ މީހުންގެ ފަޚުރު ކަމަކަށް ވެސް ވެދެއެވެ. އަނެއްބައި ރަށްރަށް މަޝްހޫރުވެފައި އޮންނަނީ ކޮންމެވެސް ޒަމާނެއްގައި ބަޔަކު ކުރި ކަމަކާ ގުޅުވައިގެން ފުރައްސާރައާއި މަލާމާތް ރައްދުވާ ކަހަލަ ގޮތަކަށެވެ. އެހެން ނަމަވެސް އެކަން އެ ގޮތުގައި ބަލައިގަންނަ ރަށްރަށް ވެސް އެބަހުއްޓެވެ.

ހދ. ނޭކުރެންދުއަކީ ރާއްޖޭގައި އެންމެ ބޮޑު ކަނޑޫފާ އޮންނަ ރަށެވެ. އެހެންވެ އެ ރަށުގެ ބަނދުގައި ހުރި ނަންފިލާގަނޑު ފަރުމާކޮށްފައި ވަނީ ކުޅިތެރޭގައި ހުރި ކަނޑޫ ގަސްތަކެއްގެ މަތީގައި، ދެ ކަނޑޫ ބާއްވައިފައި، އޭގެ މަތިން ނަން ފެންނަ ގޮތަށެވެ. ވަރަށް ވެސް ޒަމާނީ ފަރުމާއެކެވެ.

ބައެއް ރަށްރަށުގައި މޫދަށް އެރެން ހާއްސަކޮށްފައި އޮންނަ ސަރަހައްދުގައި މޫދު އުނދޯލިފަތިތައް ހެދުން ވެސް މިހާރު ވަނީ ވަރަށް އާންމުވެފައެވެ. ވަކިން ޚާއްސަކޮށް ލޮކްޑައުންއާ ގުޅިގެން ވަރަށް ގިނަ ރަށްރަށުން މޫދު އުނދޯލިފަތިތައް ވަނީ ފެންމަތިވެފައެވެ. ވަރަށް ޒަމާނީ ފަރުމާތަކަށް ވެސް ބައެއް ރަށްރަށުގެ އުނދޯލިފަތިތައް ފެނެއެވެ. ހުރިހައި އުނދޯލިފަތިތަކެއް ވެސް ފެންނަނީ އިންސްޓާ އަށާއި އެފް.ބީ އަށް ފޮޓޯތައް ލެވޭ ގޮތަށް، ރަށުގެ ނަމާއެކުއެވެ. ބައެއް ރަށްރަށުގައި "…..I LOVE" އަދި އަނެއްބައި ރަށްރަށުގައި "…..VISIT" ކުރިޔަށް ލައިފައި ވެސް ނަން ޖަހައިފައި ހުރެއެވެ.
ގާމަތި ނޭކުރުންދޫގައި ރީތި މޫދެއް ނެތަސް، ބައެއް ތަންތަންކޮޅުގައި ކުދިން މޫދަށް އެރި އުޅެއެވެ. މިއީ އެރަށު ކުދިން ހެއްލާލާށާއި ފޮޓޯ ނަގައި އުފާކޮށްލަން ހަދައިފައިވާ މޫދު އުނދޯލިފައްޗެކެވެ.

އިތުރު ސުވާލެއް ވެސް ނެތެވެ. ކަރާ ހެއްދުމަށް ރާއްޖޭގައި އެންމެ މަޝްހޫރީ އއ. ތޮއްޑުއެވެ. ތޮއްޑޫ ބަނދަރުމަތީގައި ހުރި ނަން ފިލާގަނޑުން އެ ފޮނިރަހަ ކިތަންމެ ރަނގަޅަކަށް ވެސް ލާކަން ޔަގީނެވެ.

މިއީ އދ. ދަނގެއްޗެވެ. ދަނގެތި މަޝްހޫރުވެފައި އޮންނަނީ ހަނދު ރުނބަޔަކަށްލީ ރަށުގެ ގޮތުގައެވެ. އެއީ ރޯދަ އަށް ހަނދު ބަލަން ނުކުމެ އެޅެނިކޮށް، ގޯތި ތެރޭގައި ހުރި ފެން ރުނބައެއްގެ ތެރެއިން ހަނދު ފެނިގެން، (ހަނދަށް ނުނުކުމެވޭ ގޮތަށް މަތިބަނދެގެން) ރަސްގެފާނަށް ވެދުމަށް އެރުވުމަށް ހަނދު މާލެ ގެނައި ކަމަށް ބުނެ ދެކެވޭ ވާހަކައިންނެވެ.

ޔަގީނުން ވެސް އެކަމާ ދަނގެތި މީހުން ފަޚުރިވެރިވެއެވެ. އެ ރަށުގެ މަގުމަތިން އެ ފެންނަނީ ހަނދު ރުނބަޔަށް ލާފައިވާ މޮނިއުމެންޓެކެވެ. އަތިރިން އެ ފެންނަނީ އެ ވާހަކަ ރަމްޒުކޮށްދޭ އުނދޯލިފައްޗެވެ. އެހާމެ އިޝްގީ ފަރުމާއެކެވެ.

ކ. ގާފަރުގެ މޫދު އުނދޯލިފަތި ވެސް ފެންނަ ފެނުމަށް ވަރަށް ހިތްގައިމެވެ. އެހެން ނަމަވެސް، ފަރުމާކޮށްފައި ހުރި ގޮތުން އެހާ ވަރު ހުންނާނެހެނެއް ހިޔެއްނުވެއެވެ.

މާ ބޮޑަށް އަޅައިނުގަތަސް، ކ. ކާށިދޫގެ ނަންފިލާގަނޑުގެ ފަރުމާގެ ދެ ކޮޅުގައި އެ ވަނީ ރުއް ފަޅައިފައިވާ ދެ ކާއްޓެވެ. ބިންބޮޑު ކާށިދޫއަކީ ދަނޑުވެރިކަމަށް ވެސް ވަރަށް މަޝްހޫރު ރަށެކެވެ. ކާށީގެ އިތުރުން ބިލެތާއި މިރުހާއި ތަރުކާރީގެ ތަފާތު ބާވަތްތައް ކާށިދޫން މާލޭގެ ބާޒާރަށް ވެސް ގެނެއެވެ. ކާށިދޫ ޗަސްބިން ސަރަޙައްދަކީ ރާއްޖޭގައި އެންމެ ގިނައިން ކަންޒުކަހަބު ދިރިއުޅޭ ތަނެވެ. މީގެ އިތުރުން އެ ސަރަޙައްދަކީ ކަނޑޫފާ، ކުއްޅަވައްފާ ހިމެނޭ ޤުދުރަތީ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަޙައްދެކެވެ. ކާށިދޫގެ ނަންފިލާގަނޑަށް ފަހުން ބައެއް އިތުރުވުމަކީ ވެސް ފަހަރުގައި ވެދާނެ ކަމެކެވެ. އެކަމަކު އެއީ ގާފަރާއި ކާށިދުއާ ދެމެދު ކޭބަލްކާރު އެޅީމައެވެ. ކޮންމެވެސް ބަޔަކު އެ ހުވަފެންވެސް އެބަ ދެކެތެވެ.
މިއީ ރ. އުނގޫފާރުގެ ބަނދަރުގައި ހުރި ނަންފިލާގަނޑެވެ.
ހދ. ކުމުންދޫ ބަނދަރުގައި ހުރި ނަންފިލާގަނޑު ރޭގަނޑު ފެންނަ ގޮތް ވަރަށް ވެސް ހިތްގައިމެވެ.


މަދު ރަށެއްގައި ނޫނީ ނޯންނަ ދޮންވެލީގެ ބިޔަބޮޑު ބީޗެއް އޮންނަ ހދ. ނޮޅިވަރަންފަރު ރުއްގަނޑު ބީޗުގައި އުނދޯލިފަތި ތައްޔާރުކުރީ ވަރަށް ފަހުންނެވެ. އެ ރަށު ޒުވާނުން އިސް ނަގައިގެން އެތަން ތައްޔާރުކޮށްފައި ވަނީ ވަރަށް ހިތްފަސޭހަ ގޮތަކަށެވެ.

މިއީ ނޮޅިވަރަންފަރުގެ އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި މިދިޔަ އަހަރު ފަހުކޮޅު ހެދި ނަންފިލާގަނޑު ރޭގަނޑު ފެންނަ ގޮތެވެ.

ރ. ދުވާފަރުގެ އަތިރިމަތީގައި "އެކުވެނި ބީޗު"ގެ ނަމުގައި ބޮޑު ސަރަހައްދެއް ވަނީ ޚާއްސަކޮށްފައެވެ. އެތަނުގައި އުނދޯލިފަތީގެ އިތުރުން ގޮނޑިވެސް ޖަހައިފައި ހުރެއެވެ.

ކ. މާފުއްޓަކީ ރާއްޖޭގައި ވެސް ގެސްޓްހައުސް އެންމެ ގިނަ ރަށެވެ. އެހެންކަމުން މާފުށީގެ ނަންފިލާގަނޑުން ދައްކުވައިދެނީ ޓޫރިސްޓުން އެންމ ހިތާވާނެ، މަސްމަހާމެހީގެ ތަފާތު ބާވަތްތަކެވެ.

ލ. މާވަށުގެ އުނދޯލިފަތި މިހާރު އެ ހުރީ އެއްގަމުގައި ކަމަށް ވިޔަސް، ދިޔަވަރު ބޮޑުވީމާ ފެންނާނީ މުޅިން ތަފާތު މަންޒަރެކެވެ. ހީވާ ގޮތުން އެ ކުދިން އިންތިޒާރުކުރަމުން އެ އަންނަނީ އެ ވަގުތަކަށެވެ.

ލ. މާވަށުގެ ބަނދަރުމަތީގައި ހަދައިފައިވާ ނަންފިލާގައި އިނގިރޭސި ބަހުގެ އިތުރުން ތާނައިން ވެސް ނަން ލިޔެފައިވެއެވެ. މިއީ ކިތަންމެ މުހިންމު ކަމަކަށް ވިޔަސް، އެހެން ރަށްރަށުން އަދި ނުފެންނަ ގޮތެކެވެ.

މިއީ ނ. ލަންދޫގެ ނަންފިލާގަނޑެވެ. މީސްމީޑިއާގައި ދައުރުވާ މި ފޮޓޯއިން އެ ފެންނަނީ އީދު ކުޅިވަރަށް ތައްޔާރުވެގެން ތިބި މާލިތަކެއްހެން ވަރަށް ބޮޑަށް ލަފާކުރެވެއެވެ.

ބ. އޭދަފުށި މަޝްހޫރުވެފައި އޮންނަނީ "ބަތްޕެން"ގެ ރަށެއްގެ ގޮތުގައި ކަމަށް ވީ ނަމަވެސް، އެރަށުގެ އުނދޯލިފަތިން އެކަހަލަ ކަމެއް ނުފެނެއެވެ. އެކަމަކު ދެ ޒުވާނުން އިށީނދެލައިގެން އެތިބަ އުނދޯލިފަތީގެ މަތިން، ދެ ވެލާ އެބަފެނެއެވެ.

އއ. ރަސްދުއަކީ ވެސް ޓޫރިސްޓް ގެސްޓްހައުސްގެ ރަށެކެވެ. އެކަމަކު މި ފޮޓޯގައި އެއީ ހަމަ އަސްލު މީހުންނެވެ.

މިއީ އައްޑޫ ސިޓީގެ ކޮންމެވެސް ރަށެއްގައި ހަދައިފައިވާ އުނދޯލިފައްޗެކެވެ. ދިޔަވަރު ބޮޑުވުމުން، މި އުނދޯލިފަތިވެސް ހުންނާނީ މޫދުގައެވެ.

މިއީ އައްޑޫ ސިޓީ މަރަދޫގެ އަތިރިމަތީގައި ހުރި އުނދޯލިފައްޗެވެ. ދިޔަވަރު ބޮޑުވުމުން، މި އުނދޯލިފަތި ވެސް ހުންނާނީ މޫދުގައެވެ.

ހއ. ފިއްލަދޫގެ މޫދު އުނދޯލިފަތި ހަގީގަތުގައި ވެސް ވަރަށް ނަލަނަލަ އެވެ.

މިއީ އައްޑޫ މީދޫގެ މޫދު އުނދޯލިފައްޗެވެ.

މިއީ ނ. ވެލިދޫގެ މޫދު އުނދޯލިފައްޗެވެެ.

ހއ. ކެލާގެ މޫދު އުނދޯލިފަތިވެސް ވަރަށް ހިތްގައިމެވެ.

ހއ. ނޮޅިވަރަންގެ މޫދު އުނދޯލިފަތީގައި ބަޔަކު ފޮޓޯ ނަގަނީ އެވެ. ހަނދާނީ ފޮޓޯއެކެވެ.

ހދ. ނާވައިދޫ މޫދު އުނދޯލިފަތީގައި ދެ ކުއްޖަކު އިށީނދެލައިގެން ތިބެ މަޖާކުރަނީ އެވެ.

ށ. މިލަންދޫ މޫދު އުނދޯލިފަތި ނިސްބަތްވަނީ އެ ރަށުގައި އޮންނަ "މާކޯ" ރުއްދަނޑަށެވެ. މިއީ ހިތްގައިމު މަންޒަރެކެވެ.

ނ. ފޮއްދޫ މޫދު އުނދޯލިފަތި ވެސް މިއީ ހިތްގައިމު އުނދޯލިފައްޗެކެވެ. ހިކި ދިޔައިގައި ހުންނާނީ އެއްގަމުގައެވެ.

ރ. ހުޅުދުއްފާރުގެ މޫދު އުނދޯލިފަތި ވެސް މިއީ ވަރަށް ފަހުން ހަދައިފައިވާ އުނދޯލިފައްޗެކެވެ.

ދ. ކުޑަހުވަދޫގެ މޫދު އުނދޯލިފަތި ވެސް މިއީ ކުޑަކުދިންނާއި ޒުވާނުންގެ މުހިންމު ތަނެކެވެ.

ހއ. ވަށަވަރުގެ މޫދު އުނދޯލިފަތީގައި އެ ރަށަށް ނިސްބަތްވާ ކަމެއް ނެތެވެ. އުނބެއް ކަހަލަ ކޮންމެވެސް އެއްޗެއް ފެންނަ ނަމަ ވަރަށް ވެސް ފުރިހަމަވީހެވެ.

ކ. ގުޅީ މޫދު އުނދޯލިފަތި މިއީ މޫދު އުނދޯލިފަތީގެ ފެށުން ކަމަށް ބުނެވެއެވެ.

މ. މުލަކުގެ ބަނދަރުމަތީގައި ހަދައިފައިވާ ނަންފިލާ އަކީ ވެސް ހިތްގައިމު ނަންފިލައެކެވެ.

ކ. ހިންމަފުށީގެ ބަނދަރުމަތީގައި ނަންފިލާ ހަދައިފައި ވަނީ ގިޑިގެއެއް ގޮތަށެވެ. މެހެމާނުންނަށް މަރުހަބާ ކިޔަމުންނެވެ.

ގދ. ވާދޫ ބަނދަރުމަތީގައި ހަދައިފައިވާ ނަންފިލާ ކައިރީގައި ކުޅުންތެރިންތަކެއް މަޑުކޮށްލައިގެން އެ ތިބީ ތާރީހީ ފޮޓޯއަކަށްކަން ޔަގީނެވެ. އެ ކުޅުންތެރިން އެ ތިބީ ފޮޓޯ ނަގާނެ އިރެއްގެ އިންތިޒާރުގައިކަން ޔަގީނެވެ.

ރުއް ލަކުޑިން ހަދައިފައިވާ، ގދ. ވާދޫ މޫދު އުނދޯލިފަތީގައި ދެ އެކުވެރިން ނަގައިފައިވާ މި ފޮޓޯއަކީ ވަރަށް ހަނދާނީ ފޮޓޯއަކަށް ވާނެކަމާ މެދަކު އެއްވެސް ޝައްކެއްނެތެވެ.

ކުރެހުމުގެ ފަންނުވެރިން ގިނަ، ހދ. ވައިކަރަދޫ އަތިރިމަތީގައި ހަދައިފައިވާ މި ގޮނޑިއަކީ ވަރަށް ޚާއްސަ ގޮނޑިއެއްކަން ޔަގީނެވެ.

ފަންކާއެއް ނެތަސް، މޫދު ވަރަށް ފިނިކަން ފޮޓޯ ބަލައިލުމުން އިހުސާސްވެއެވެ. މިއީ ހއ. ހޯރަފުށީގެ ހިތްގައިމު މޫދު އުނދޯލިފައްޗެވެ.
އެޑިޓަރުގެ ނޯޓް: މިއީ ފޮޓޯތައް އަޕްޑޭޓްވަމުން އަންނަ ސަފުހާއެކެވެ. މި ލިއުމާއެކުވާ ފޮޓޯތަކަކީ މީސްމީޑިއާގައި ދައުރުވާ ބައެއް ރަށްރަށުގެ ނަންފިލާ އާއި އުނދޯލިފަތީގެ ފޮޓޯތަކެކެވެ. މި ތަނުން އެ މީހަކަށް އެންމެ ކަމުދާ ފަރުމާއެއް ހަދައިފައިވާ ރަށެއް، ކޮމެންޓު ބައިގައި ފާހަގަކޮށްލުން އެދެމެވެ. އަދި އެކި ރަށްރަށުގެ އިތުރު ފޮޓޯ ހުރި ނަމަ "އަދިވެސް ހޮޓްލައިން" 9934333 އަށް ފޮނުވައިދިނުން ވެސް އެދެމެވެ. ޝުކުރިއްޔާ!



advertisment
13 Responses
ދަނގެތި ????
ހދ.ނޮޅިވަރަންފަރު ރުއްގަޑު ބީޗް
އުނދޯލިފަތި އެއީ ކޮން އެއްޗެއް؟ އުނދޯލި ހުންނާނީ އުނދޯލި. ފައްޗެއް ނުހުންނާނެ. ދެން ހުންނާނީ ޖޯލިފަތި. އުސްތާޒު އަޒީޒު އެއްޗެއް ވިދާޅުވެބައްލަވާ.
Dhangethi undhoali emme reethee, K.gulhi undhoali akee thiyakamuge feshun.
ދަނގެތި ????
ދަނގެތި އުނދޯލި ވަރަށް ފުރިހަމަ
ދަނގެތި އެންމެ ރީތީ????✨❤️❤️
Milandhoo ????????
ވެލިދޫ
ނޮޅިވަރަންފަރު❤️
ހަނދު ދަބގެތި
Hurihaa Undholives v furihama Reethi Aakame vias kuran rangalhu kame.. Hithaa akee ufaaverikan gelli naamaankan Ufedhey zaathu maaraamaaree aa e Ley ohoruvun hingaathee Enmen vegen Efadha Amalu hutuvaa Ufaaveriko beyvuma v edhen
އެންމެ ރީތީ ދަނގެތި. އެންމެ ހުތުރުކޮށް ފަރުވާ ކުޑަ ގޮތަށް ހުރީ ވެލިދޫ.