ދުނިޔޭގެ ކޮންމެ ކަމަކީ އިތުބާރު ނެތް ކަމެއް ކަން
ދުނިޔޭން ލިބޭ އުފަލަކީ ވަގުތީ އުފާތަކެއް ކަން
ﷲ ދެއްވި މުދަލުން މުއްސަނދިވެ ބާރު ލިބިގެން
ﷲ ހުއްދަ ނުކުރާ ކަންތައް ކުރަން ނުވާކަން
މަތިވެރި މަގާމުލިބުމުން ދެއްވެވި ފަރާތް ހަނދުމަނެތި
ނިކަމެތި އެތައް ބަޔަކު އަދި ނިކަމެތި ކުރަން ނުވާކަން
ޙާސިލުކުރަން މިދުނިޔޭން އެއްވެސް ކަމެއް އަދައިގެން
ޙާޞިލުކުރަން އެކަމަކަށް ރިޝްވަތު ދިނުން ޙަރާންކަން
ފަރުދާގެ ފުރަގަހުން ގިނަ ކަންތައްތަކެއް ހިނގާކަން
މަޙުޝަރުގެ ޢަދުލުވެރި އަދި ދަރުބާރު ވެސް އޮތީކަން
އަޅަމެން ދެކޮނޑުގައިތިބެ "މަލަކުން ލިޔާ ދެފަތްވެސް"
މަޙްޝަރުގެ ޢަދުލުވެރި ދަރުބާރަށް އެ ގެންދެވޭކަން
"ދެލިހުސްވެގެން އެގަލަމުން" އަކުރެއްގެ މިންވަރެއްވެސް
އެލިޔުއްވަވާ މަލާއިކަތުން ނުލިޔެއެއް ނުދާކަން
ވަގުތާއި ސާޢަތާ އައިސް ސުންގަޑިޖެހޭ ވަގުތުގައި،
"މަލަކުލްމައުތުއަށް ދޭން އެއްޗެއް" އަތެއްގަ ނެތްކަން
