ނާނަނައޭ ނާނާ ނާނަނައޭ ނާނާ
ގޭމަ ދަރިފުޅު ނިދާދޭ ނާނަނައޭ ނާނާ
މަންމަގެ ކުޑަ ލޯބި މިކޮއި އަންނަ މިފަދަ މަތީގަފޮއި
މަންމަގެ އަޑު އަހާ ނުރޮއި ނާނަނައޭ ނާނާ
ޅަފަތުގަ ބަނދި ކިޔާލި ހެން ސަފަރުކަތްދަ އަރާ އެހެން
ނަފުރަތު ހިތް ވެދާނެހެން މަފުތު ކިޔާ ނާނާ
މިނުބައި ކޮރޯނާ ހާދަ ދެނީއެ ގޯނާ
ހާލަތު ކޮށްފި ރޯނާ ދާށެ ދުރަށް ނާނާ
ހޭވެރިކޮށް އުޅޭށޭ ގޭގަ މަޑުން ތިބޭށޭ
ބޭރަށް ނަމަ ނުދާށޭ ގޭމަ ދަރީން ނާނާ
ވައިގެތެރޭ އުދުހޭނޭ ބައިގަނޑު ފަނި އަންނާނޭ
ގައިދުރު ނެތި ވަންނާނޭ ކައިރި ނުވޭ ނާނާ
ކިޔާ މިލަވަ ރީތި ހުތުރު ކިޔާލަބަލަ ހަތަރު މިތުރު
ޚިޔާލުގައި އޮންނަ ފަކުރު ކިޔާ މިއީ ނާނާ
އަނގަ ނޭފަތު މަތިބަނދެގެން ދެލޯމަތީ ފޮތިބަނދެގެން
މީހުން ވެސް ވަކިނުވެގެން މީޔެ ކިޔާ ނާނާ
ލޮލަށް ނުފެނި މައިން ދަރިން ބަލަން ނުލިބި އަނބިން ފިރިން
ތިބެންވުމުން މަގޭ ދަރިން މިހެން ކިޔާ ނާނާ
ވެކްސިނުގާ ބިރެއް ނުވޭ އެކުވެރިޔާ ދުރެއް ނުވޭ
ދެކުދިން އެއްބަހެއް ނުވޭ މަކިޔާ މީ ނާނާ
ބޯޓަށް ވެސް ނުފުރޭނޭ ކޯޓެއް ވެސް ނުލެވޭނޭ
ވޯޓެއް ވެސް ނުނެގޭނޭ ޓޯޓޯ ކީ ނާނާ
