ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ރަސްމީޔާތުގައި މިއަދު އޮތް ގާޑް އޮފް އޮނަރުން ފަޚުރާއި ޝަރަފު ލިބިވަޑައިގަތީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި މަޖުލިސްގެ ރައީސްގެ ދެ ކަނބަލުންނަށް އެކަންޏެއްް ނޫނެވެ. ގާޑް އޮފް އޮނާ އެރުވި ސިފައިންގެ ކަނބަލުންނަށް ވެސް ލިބިގެންދިޔައީ ޚާއްސަ ޝަރަފަކާއި އުފަލެކެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ރަސްމީޔާތުގައި އޮތް އޮނާ ގާޑުގައި 17 އަންހެން ސިފައިން ބައިވެރިވިއެވެ. މިއީ ސިފައިންގެ ތާރީހުގައި ވެސް އެންމެ ގިނަ އަންހެން ސިފައިން ބައިވެރިވި އޮނަގާޑެވެ.

މީގެ ކުރީގެ ބައެއް އޮނާ ގަޑުތަކުގައި ވެސް އަންހެން ސިފައިން ބައިވެރިވެފައިވެއެވެ. ނަމަވެސް ނިސްބަތުން މަދުންނެވެ.
ސިފައިންގެ އިސް ސަފުގައި އަންހެން ސިފައިންގެ ދައުރު ފުޅާކުރުމަށް އެމް.އެން.ޑީ.އެފްގެ އާ ލީޑަޝިޕުން ދަނީ މަސައްކަތްތައް ކުރަމުންނެވެ. މި ގޮތުން ލެފްޓިނެންޓް ކާނަލްގެ ރޭންކަށް، ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ތިން އަންހެން ސިފައިން ދާދި ފަހުން ވަނީ ޕްރޮމޯޓުކޮށްފައެވެ.



advertisment