Support Us

ސިފައިންގެ ތާރީހުގައި ވެސް އެންމެ ގިނަ އަންހެން ސިފައިން ބައިވެރިވި އޮނާ ގާޑު

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ރަސްމީޔާތުގައި މިއަދު އޮތް ގާޑް އޮފް އޮނަރުން ފަޚުރާއި ޝަރަފު ލިބިވަޑައިގަތީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި މަޖުލިސްގެ ރައީސްގެ ދެ ކަނބަލުންނަށް އެކަންޏެއްް ނޫނެވެ. ގާޑް އޮފް އޮނާ އެރުވި ސިފައިންގެ ކަނބަލުންނަށް ވެސް ލިބިގެންދިޔައީ ޚާއްސަ ޝަރަފަކާއި އުފަލެކެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ރަސްމީޔާތުގައި މިއަދު އޮތް ގާޑް އޮފް އޮނަރ -ފޮޓޯ: އެމް.އެން.ޑީ.އެފް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ރަސްމީޔާތުގައި އޮތް އޮނާ ގާޑުގައި 17 އަންހެން ސިފައިން ބައިވެރިވިއެވެ. މިއީ ސިފައިންގެ ތާރީހުގައި ވެސް އެންމެ ގިނަ އަންހެން ސިފައިން ބައިވެރިވި އޮނަގާޑެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ރަސްމީޔާތުގައި މިއަދު އޮތް ގާޑް އޮފް އޮނަރ -ފޮޓޯ: އެމް.އެން.ޑީ.އެފް

މީގެ ކުރީގެ ބައެއް އޮނާ ގަޑުތަކުގައި ވެސް އަންހެން ސިފައިން ބައިވެރިވެފައިވެއެވެ. ނަމަވެސް ނިސްބަތުން މަދުންނެވެ.

ސިފައިންގެ އިސް ސަފުގައި އަންހެން ސިފައިންގެ ދައުރު ފުޅާކުރުމަށް އެމް.އެން.ޑީ.އެފްގެ އާ ލީޑަޝިޕުން ދަނީ މަސައްކަތްތައް ކުރަމުންނެވެ. މި ގޮތުން ލެފްޓިނެންޓް ކާނަލްގެ ރޭންކަށް، ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ތިން އަންހެން ސިފައިން ދާދި ފަހުން ވަނީ ޕްރޮމޯޓުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *