ބަގީޗާ ޒީނަތްތެރި ވަނީ ހަމައެކަނި މާމެލާމެއްޔަކުން ނޫނެވެ.
ކަށިތަކުންވެސް ޒީނަތްތެރިވެއެވެ.
ދިރިއުޅުމަށް ބޭނުންވަނީ އުފާ އެކަންޏެއް ނޫނެވެ. ހިތާމައަށްވެސް ބޭނުންވެއެވެ.
އޭ މޮޔަ ވާއިޒެވެ! ކަލޭ ތިޔަ ދައްކަނީ އެންމެ ޤިޔާމަތެއްގެ ވާހަކަތާއެވެ!
ބަލަ މިއީ ކޮންމެ ދުވަހަކު ހަތަރުކަޅި ބައްދަލުވެ، ކޮންމެ ދުވަހަކު ޤިޔާމަތްވާ ތަނެކެވެ.
އޭނާ އަހަރެންގެ ހިތާމަތަކުގެ ވާހަކަ އަހައިލަން އާދެއެވެ.
އެހެނެއް ކަމަކު އެއްޗެއް ބުނެވޭކަށްވެސް ނެތެވެ. ހަނުހުރެވޭކަށްވެސް ނެތެވެ.
ހަނުހުރުމަކީވެސް، ދަތި ކަމަކަށް ވާތީއެވެ.
އެއްޗެއް ބުނެފިނަމަ އަހަރެން ޝަކުވާ ކުރަނީ ކަމުގައި ވާނޭތީއެވެ.
ހިތުގެ އުދާސްތައް ބަރުދާސްތު ކުރަންވެސް އެބަ ޖެހެއެވެ.
މިކަރުނަތައް ދިރުވާލަން ވެސް އެބަ ޖެހެއެވެ.
ބަލަ މޮޔަޔާއެވެ. ތާއަބަދު ޝަކުވާކޮށް ފަރިޔާދުކުރުމަކީ ލޯތްބަށް ކުރެވޭ އިހާނަތެކެވެ.
ފަސްބަޔަށް އޮހޭ ކަރުނަޔަކީ ކަރުނައެއް ނޫނެވެ.
އެއީ ފެނެވެ.
އަގުހުރި ކަރުނައަކީ ލޮލުން ނުއޮހި ހިފެހެއްޓިފައި ހުންނަ ކަރުނައެއް ނޫން ހެއްޔެވެ؟
(ތަރުޖަމާއެއް)