Support Us

ހަނދާން ނައްތައިނުލާށޭ!

ހަނދާން ނައްތައި ނުލާށޭ ދުނިޔެ ދޭ އިބުރަތުގެ މަތިވެރިކަން
ހަނދާއި އިރާ އަރާ އޮއްސޭ ނިޒާމާ އޭގެ ފުރިހަމަކަން

އުފަންވީ ކޮންމެ ކައުނެއް ކާއިނާތުން އޭގެ މިން ހަމަކޮށް
ނުފެންނަ ހިސާބަކަށް އަބަދަށް ޓަކައި ނިމި ގެއްލި ދާނޭކަން

ނުވާ ދުވަހެއް ތިބާ މި ވުޖޫދު ގައި، އޮތް ދިގު ޒަމާނަށް ފަހު
ސުވާލެއް ނެތް އަމާން އެއްކަލަ މަގުން މިބިމަށް ފޮނުއްވެވިކަން

ޖެހޭ ނަލަ ރޯޅިވައި ފިރުމާލުމުން ބޭރުން ތިބާ ހަމުގައި
ލެވޭ ނޭވާ ގެ ވައި ދެފުށުން ކުރާ ދައުރެއް ގެ ދީލަތިކަން

ހަޔާތީ އިމްތިހާނެއް ގައި ޚަލީފާ ކަން ބިމުގެ ދެއްވައި
ހަޔާތުގެ މަގުސަދެއް ކަމުގައި ކުރުން ހެޔޮ ޢަމަލު ލެއްވެވިކަން

ދުވާލާ ރޭތަކާ ޣަފުލަތުގެ ނާނާ ގައި ނިދާ އިރު ގައި
ހުވާ ކަށަވަރު ޢަހުދު ހިއްޕެވި އަމާނާތެއް ގެ ބިރުވެރިކަން

ހަނދާން ނެތިފާ ތިބާ ނަފުސު ގެ މަތީން ތިޔަ ހުންނަ އިރު ހީހީ
ހަނދާން އައުކޮށް އަބަދު ރޮއިރޮއި ހަދާންވީ ވަގުތު އޮތް ގާތްކަން

އަރާމު ގެ މިންވަރެއް ނުބަލައި ޣަރާމަށް އަތްދަރާ އިރުގައި
މަރާ ގުޅިފައި އެވާ ވޭނާ ތުރާލާ އޭގެ ރަހަ ހިތިކަން

ހިނގާ އަޒަލުގެ މަގުންމަތިވެރި، ތިބާގެ އަޖަލުއައިސް ޖެހުމުން
ދިގާ ހުރަހަށް ހިނގާ ބެލިޔަސް މަފައްރާއެއް ނުވާނޭކަން

ޢަޤީދާ ހިތުގެ މަސްހުނިކޮށް ދުލުން ބިޔަ ބޮޑެތި ބަސް ބުންޏަސް
ހަގީގަތުގައި ތިމާ ގެ އަމިއްލަ ބާރެއް ކުޑަވިޔަސް ނެތްކަން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *