ރާގު: ޢިޝްޤު ނުވިނަމަ ދޭހުގާ
މީރުކަން ލިބެނީ ހިތާއި މެޔަށް އެމާ ފޮޅުނީމައޭ
ރީތިކަން ވާ މިލްކު ގުލްޝަން މޫސުމަށް ދިރުނީމައޭ
ފެހި ފިޔާތޮށި ރަތް ހުދާ ނޫ އެކި ކުލައިންވާ މާތަކަށް
ވެހިލަމުންދާ ރީތި ޝަބްނަމް ފިޔަތަކުން ފެނުނީމައޭ
އުދަރެހުން ހެނދުނާ ހަވީރަށް ފެންނަހެން ތިވުޖޫދު ގައި
ގުދުރަތުން ކުރަހާ މަނާޒިރު މާނަ ކޮށްލެވުނީ މައޭ
ފިޠުރަތުން ލިބިފައި އެވާ ނިޢުމަތް ދަލީލު ކުރާ އަޑުން
ހިތުގެ ހިމަނާރަށް ރިހުންދޭ ރާގުތައް އިވުނީމައޭ
ކޫރުމެއް ނެތް ތޫލި އަޑަކުން ދޫނިތައް ފަދައިން ކިޔާ
މޫރިތިން ސިފަވާ ޣިނާ ތިޔަ ދޫފުޅުން އޮހުނީމައޭ
ފިނިކަމާ ފޮނިކަމުގެ ލިބިފައި ލާމަސީލު އެވާ ރަހައިން
ގިނި ހިތުން ނިވިދާ ޣިދާ ރޫޙަށް އެދޭ ލިބުނީމައޭ
ތިޔަ އަސަރުގައި ފިޔަމަޅާލައި ކިޔަމަނުން ހިތް ވާހުށީ
ނިޔަތަކުން ތެދުވެރި ވަފާތެރި ހިތް ހިތާ ގުޅުނީމައޭ
