ކޮވިޑް19ގެ ބަލިމަޑުކަމާ ހެދި ދަތުރުފަތުރު ނުކުރެވި، ރަށުން ބޭރަށް ނުދެވި ތާށިވެފައި ތިބި މީހުން މުނިފޫހިފިލުވައިދިނުމަށް ހޮޓެލް ޖެންގައި ކަރޯކޭ ލައުންޖެއް ރޭ ހުޅުވައިފިއެވެ.
"ޖެންސް ކަރޯކޭ ނައިޓްސް" ހުޅުވި ހާއްސަ ހަފުލާގައި ރާއްޖޭގެ މަޝްހޫރު ގިނަ ލަވަކިއުންތެރިންތަކެއް ބައިވެރިވިއެވެ.

ކޮވިޑްގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހަރަކާތްތެރިވެވޭ މި ކަރޯކޭ ލައުންޖުގައި ދުނިޔޭގެ އެންމެ މަޝްހޫރު ޖޭ.ބީ.އެލް ސައުންޑު ވަނީ ގާއިމުކޮށްފައެވެ. އާއިލާ އާއި ރަހުމަތްތެރިންނާއެކު އެތަނުގައި 50 މީހުންނާ ހަމައަށް އެއްފަހަރާ ބައިވެރިވެވެއެވެ.

ހޮޓެލް ޖެންގެ ކަރޯކޭ ލައުންޖުގެ ބުކިން ހެދުމަށް 7799323 އާ ގުޅުމަށް ހޮޓެލް ޖެން އިން އެދެއެވެ.



advertisment

