Support Us

ޢިބްރަތް: މިސްކިތް ބަލަހައްޓާ މީހާ

އަހަރެން ޢަޞްރު ނަމާދު އަދާކުރުމަށް މިސްކިތަށް ވަންނަން ދިޔައީމެވެ. އެ ގަޑީގައި އަހަރެން އަތުގައި މާސްކެއް ވެސް އަދި މުޞައްލައެއް ވެސް ނެތެވެ.

މިސްކިތުގެ ދޮރުމަތީގައި ހުރި، މިސްކިތް ބަލަހައްޓާ މީހާ އަހަރެން ހުއްޓުވިއެވެ. އަދި މާސްކާއި މުޞައްލަ ކޮބާތޯ ސުއާލު ކުރިއެވެ.

އަހަރެން މިއީ އެ ހިސާބުގައި ދިރިއުޅޭ މީހެއް ނޫންކަމާއި އަދި އަހަރެންގެ އަތުގައި މާސްކާއި މުޞައްލަ ވެސް ނެތް ވާހަކަ ބުނީމެވެ.

އަހަރެންގެ ހައިރާން ކަމަށް، އޭނާ ހިނިތުންވެލައި ވަރަށް އަވަސްއަވަހަށް މަތީގައި އެވާ ތަޞްވީރުގައި އެ ފެންނަ ރީތި މުޞައްލަ އާއި މާސްކު ގެނެސްދިނެވެ. އަދި ބުންޏެވެ.

"މި ހިފައިގެން ވަދެ ނަމާދު ކުރާށެވެ!"

އަހަރެން ބުނީމެވެ.

"މިތަކެތި ހަދިޔާކޮށްދެއްވީ ކާކުތޯއެވެ؟"

އޭނާ ބުންޏެވެ.

"ތިބާ ފަދައިން މާސްކެއް އަދި މުޞައްލައެއް ނުގެންނަ މީހުން އަހަރެން އަނބުރައި ފޮނުވާލާތަން، މިސްކިތުގައި ހުރި މީހަކަށް ފެނި، އެތަކެއް ބައިވަރު މާސްކުތަކާއި މުޞައްލަތައް ހަދިޔާކޮށްފައި އޭނާ ބުންޏެވެ.

"މިސްކިތަށް އަންނަ އެއްވެސް މީހަކު އަނބުރައި ފޮނުވައިނުލާށެވެ! މިތަކެތި ހުސްވުމުން އަނެއްކާވެސް އަހަރެން ގެނެސްދޭނަމެވެ!"

ޔާ ރައްބު! މިފަދަ މީހުން އަޅަމެންގެ ތެރޭގައި ގިނަ ކުރައްވައި އެމީހުންނަށް ބަރަކާތް ލައްވާށިއެވެ! އާމިން!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *