އޭރު އެއުޅުނު "ސޮރެއް" ހޯދަހޯދާވެސް ނުފެނުނޭ
ބޭރުވެވި ފިލި ގޮތެއް ވިސްނާ ބަލަން ހަމަ ބޭނުމޭ
ހާދަހާ ގެއްލުން ނެތީމާ ވާކަމަށް ބުނެވުނޭ
ހާމަވާ ޙާލަށްޓަކާ ގެންނަން "އެސޮރު" ބޭނުމޭ
ގޮތްތަކާ އުކުޅުން ކުރުވި ގޯނާއެކޭ ބުނެވުނޭ
ފޮށްޓަކަށް ލައި ބޭރުކޮށް ލީތޯ ބަލަން ބޭނުމޭ
ކޯޓުތަކުގައި ބަންދުކުރިތޯ ވެސްބަލައި ނުފެނުނޭ
ބޯޓު ތަކުގައި ގެންދިޔައިތޯ ވެސްބަލަން ބޭނުމޭ
"ޗޮކުލެޓާ ފޮނި އައިސްކުރީމް" ކާކަށް ނޫޅުނޭ
ބޫޓްތަކުގެ އަޑުއިވިފާ ފިލަން ދިޔަތޯ ބަލާނަމޭ
ހަމައެއްނެތީމާ އަދު "އެސޮރު" ބޭނުމޭވެސް ބުނޭ
ހަމަތަކެއް ހޯދާއަލުން ބެލެވޭ ގޮތެއް ބޭނުމޭ
ކޮއްކޮ ހޯދާ "ސޮރަކީ" ކޮބައިތޯ އެހެވުނޭ
ކޮށްފިކުރު މީހަކުބުނީ އެއްޗެއް ބުނަން ބޭނުމޭ
މަގުމަތިން ޢަދުލު އިންސާފު ދާތަން މަށަށްފެނުނޭ
ވަގުތު ނެތި ޓާޓާ ކިޔާ ދިޔަގޮތް ބުނަން ބޭނުމޭ
ދެލޮލުން ކަރުނަ އޮހޮރާ ގިސްލިތަން މަށަށްފެނުނޭ
ދެގޮތެއް ނެތޭ އަހަރެން ވަދާއޭ ދެން ވަކިވަމޭ
