Support Us

ދެ ދުނިޔޭންވެސް ސަލާމަތަކީ ނަމާދު

އޭ ދަރީންނޭ! ހޭ ހުރިއްޔާ ދޫނުކޮށް ލާށޭ! ނަމާދު
ހޭއަރައި ނުނިދާ ތެދުވެ ފުރިހަމަ ކުރަން ވާނޭ ނަމާދު

އަޅުކަމެއް ފުރިހަމަވަނީ އެކަމާއެކީ ކުރުމުން ނަމާދު
ރަޙްމަތާ މަތިވެރި ނަޞީބު ލިބެންއޮތީ ކޮށްގެން ނަމާދު

ބުއްދި ނުފިލައި ހުރި ހިނދަކުގައި ނުކުޅެދޭ ޙާލުންވިޔަސް
ބުއްދި ފުރިހަމަ ވެއްޖެނަމަ ނުކޮށެއް ނެތް ވާކަށް ނަމާދު

މިކަމުގައި އޮތް ބޮޑުކަމާއި މިކަން ނުކޮށް ވާން ނެތްކަމާ
މިކަމުގައި ހުރި ލުއި ތަކެއްވެސް ދެއްވަނީ ކުރުމަށް ނަމާދު

ނުކުރެވޭނަމަކީ ކޮޅަށްހުރެ، ކުރެވެޑީ އިށި އިނދެ އިނަސް،
ނުކުރެވޭ ނަމަ އިށި އިނީމާ، ކުރެވެޔޭ އޮށު އޮވެ، ނަމާދު

ނުކުރެވޭނަމަ ޙަރަކަތުން ވެސް ކުރެވެޔޭ، ނިޔަތާ ދުލުން
ނުކުރެވޭނެ ގޮތެއް ނެތޭ ހޭބުއްދި ހުރިނަމައީ ނަމާދު

ކަށްވަޅުން ފެށިގެން ސުވާލާ އަދި ޢަޒާބާ އަދި ސަވާބު
ލައްކަ ބިރުވެރި ޙާލަތަށް ދާނޭ ނުކޮށް ހުރިނަމަ ނަމާދު

އެންމެ ބިރުވެރިވީ ޤިޔާމަތް ދުވަހު މަތިވެރި ޙަޒުރަތުން
އެންމެ ފުރަތަމަވެސް ވޭވޭނެ ސުވާލަކަށް ވާނީ ނަމާދު

ޢަރްޝިއާއި، ޞިރާޠުމަގު، މީޒާނުގައި، ކިރިގެން ދެފަތް
ރަޙްމަތާއި ނަޞީބު ދެއްވާނީ މިކަން ކަމުގައި ނަމާދު

ފިރްޢައުނު، ހާމާނު، ޤާރޫނާ، އުބައްޔު އިބުނު ޚަލަފު،
މިފަ، ﷲގެ ޢަދުއްވުންނާއި، ދުރު ކޮށްދޭ ނަމާދު

އެދުނިޔޭން އެދިގެން ނަޞީބާ ރަޙްމަތާ އަދި ދަރުމަޔަށް
މިދުނިޔޭން ގެންދަން ލިބޭ "ހަރު މުދަލަކީ" ކުރިހާ ނަމާދު

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *