މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ދައުރަށް އާ މެމްބަރުން އިންތިހާބުކޮށްފިއެވެ.
ޖުމްލަ 15 މެމްބަރުން ތިބޭ މީޑިއާ ކައުންސިލްގެ 13 މެމްބަރެއްގެ ދައުރު ޑިސެމްބަރު 11 ގައި ހަމަވާތީ އާ މެމްބަރުން ހޮވަން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ފަރާތުން މިއަދު ބޭއްވި ވާދަވެރި އިންތިހާބުގައި 187 މީޑިއަމަކުން ވޯޓުލައިގެން އެންމެ ގިނަ ވޯޓު ލިބުނު މީޑިއާގެ ހަތް މެމްބަރުންނާއި އެންމެ ގިނަ ވޯޓު ލިބުނު އާއްމުންގެ ހަ މެމްބަރުން ވަނީ ގޮނޑި ކަށަވަރުކޮށްފައެވެ.
1. އަލީ ޙުސައިން، ލައިފް ބޯއީ، ގދ. ތިނަދޫ، ޕަބްލިކް ސަރވިސް މީޑިއާ (152 ވޯޓު)
2. މުޢިއްޒު އިބްރާހީމް ދޫޑިގަން، އުނަކެޑެގެ، ޏ. ފުވައްމުލައް މިހާރު އޮންލައިން (99 ވޯޓު)
3. ޙުސައިން ޘަޤީފް، ހިސާން، ހދ. ވައިކަރަދޫ، ތިލަދުން (97 ވޯޓު)
4. އާދަމް ނަޒީރު، ކިނާރާ، ރ. އަލިފުށި، ހަތާވީސް އޮންލައިން (97 ވޯޓު)
5. ޝަހުބާން ފަހުމީ، ފިނިވާގެ، ސަންގު (94 ވޯޓު)
6. އާދަމް ނަވާޒު/ ތުނޑި ޗާންދަނީވިލާ، ލ. ގަން، ވަގުތު އޮންލައިން (92 ވޯޓު)
7. ޙަސަން ޝާކިރު މުޙައްމަދު/ ހ. ހުދުފިނިފެންމާގެ، އަސްދަނޑި (88 ވޯޓު)
އާންމުންގެ ތެރެއިން ހޮވުނު މެމްބަރުން
1. ފާޠިމަތު އަޙްމަދު، ޝަހީމީ މަންޒިލް، ގއ. ވިލިގިލި (142 ވޯޓު)
2. އަންވަރު އިބްރާހީމް، މަންޒިލް، ބ. ތުޅާދޫ (112 ވޯޓު)
3. އިބްރާހީމް ފައުޒީ، ބާޑްވިލާ، ބ. ތުޅާދޫ (99 ވޯޓު)
4. އަޙްމަދު މޫސާ، ހ. އަމްސާވިލާ (90 ވޯޓު)
5. ޝަފާޢަތު ޙަބީބު، ފޭދޫ، ގދ. ހޯޑެއްދޫ (83 ވޯޓު)
6. މުޙައްމަދު ޝަފާޢު ޙަސަން، މ. ރިވެލިގެ (82 ވޯޓު)
ކޮންމެ ތިން އަހަރަކުން އެއް ފަހަރު އިންތިހާބުކުރާ މީޑިއާ ކައުންސިލްގެ އާ ދައުރު ފެށޭއިރު، މިހާރު އޮތް ކައުންސިލްގެ ދެ މެމްބަރެއްގެ މުއްދަތު ހަމައެއް ނުވާނެއެވެ. އެއީ، ބައި އިލެކްޝަނަކުން ހޮވާފައި ތިބި، ކޮންމެ ފަޅިއަކުން ވެސް އެއް މެމްބަރެވެ.
މީޑިއާ ކައުންސިލްގެ އާ ދައުރުގެ މެމްބަރު ކަމަށް ކުރިމަތިލާން މިނިސްޓްރީން އޮފް ހޯމް އެފެއާޒުން ހުޅުވާލުމުން، މީޑިއާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 15 އަދި އާންމުންގެ ތެރެއިން 14 މީހަކު ކުރިމަތިލިއެވެ. އެކަށީގެންވާ ވަރަށް ވޯޓު ނުލިބުމުން، އެހެން ފަރާތްތަކަށް ވަނީ ފުރުސަތު ގެއްލިފައެވެ. އަދި އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 199 މީޑިއާއަކުން ރަޖިސްޓްރީކުރި ނަމަވެސް މިއަދުގެ ވޯޓުގައި ބައިވެރިވީ 187 މީޑިއާއެކެވެ.
ނުހޮވޭ ފަރާތްތައް
މީޑިއާގެ ފަރާތުން
8. ސައިފް އަޒްހަރު، ގަނދަކޯޅިމާގެ، ސ. މަރަދޫ، ވީޓީވީ (75 ވޯޓު)
9. ފާޠިމަތު ސަޢީދު، ފެހިވިނަ، މަޑުއްވަރި، ސަންމީޑިއާ ގްރޫޕް (73 ވޯޓު)
10. ފާޠިމަތު ސާޔާ އަޙްމަދު، މ. ހަސްތީ، ޗެނަލް ނިއުސް މޯލްޑިވްސް (73 ވޯޓު)
11. މުޙައްމަދު ސިމާއު، ވ. ސިނަމާލެ 4 (60-3) ވިލިމާލެ، ވަން އޮންލައިން (72 ވޯޓު)
12. ޢާއިޝަތު ހަމްޒާ، ބުސްތާނުގެ، ރ. ކަނދޮޅުދޫ، އައުޓްރީޗް އެމް.ވީ (68 ވޯޓު)
13. މަރްޔަމް ނިމާ ޙަސަން، ދެބުދާރުގެ، ދަ ޕްރެސް (68 ވޯޓު)
14. ތަހާރަތު މުޙައްމަދު ވަޙީދު، ދީނާރު، ގދ. މަޑަވެލި، ހަމަނިއުސް (16 ވޯޓު)
15. ސަނީޒާ، ބޯޅަ އެމް.ވީ (6 ވޯޓު)
އާންމުންގެ ފަރާތުން
7. ސަޢުދޫން އަބޫބަކުރު، ގ. ދިލްފިޒާގެ (76 ވޯޓު)
8. ޢަލީ ރަޝީދު އިބްރާހީމް، ކުންނާރުގަސްދޮށުގެ، ދ. ކުޑަހުވަދޫ (72 ވޯޓު)
9. އަޙުމަދު ވަޙީދު ޢަލީ، ވެހި، ހއ. ކެލާ (67 ވޯޓު)
10. މުޙައްމަދު ޝާފިޢު، ޝަރުޠު، ބ. ތުޅާދޫ، (57 ވޯޓު)
11. އުމަރު މޫސާ ފިކުރީ، ގ. ނިލަންދޫ (55 ވޯޓު)
12. އަޙްމަދު ރިފާޢު، ޝަރުޠު، ބ. ތުޅާދޫ (34 ވޯޓު)
13. އަޙްމަދު މުޙައްމަދު، ދަފްތަރު ނަންބަރު 6150 (12 ވޯޓު)
14. ޢަބްދުލް ވަލިއްޔު ޢަލީ، ބިންގާ، އދ. މާމިގިލި (10 ވޯޓު)



advertisment