މަގުމަތީގައި ނުވަތަ އޮފީހުގައި ނުބައި މަޤްޞަދެއް ޙާޞިލު ކުރުމަށް މުވައްޒަފަކަށް ބިރުދެއްކުމަކީ ޓެރަރިޒަމްގެ ޢަމަލެއް ކަމުގައި ހުކުރު ހުތުބާގައި ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ތައްޔާރުުކޮށްގެން، ރާއްޖޭގެ މިސްކިތްތަކުގައި އިއްޔެ ކީ ހުކުރު ހުތުބާގައި ވިދާޅުވެފައި ވަނީ މަގުމަތީގައްޔާއި ބާޒާރުމަތީގައްޔާއި އޮފީސް އޮފީހުގައި މީސްމީހުންނަށް ގޯނާ ކުރުމަކީ މިއަދު މުޅި މުޖްތަމަޢުގައި ފެތުރިފައިވާ ވަބާއެއް ކަމަށާއި ޒަމާނީ ފިޤްހީ މައްސަލަތައް ދިރާސާ ކުރައްވާ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އެއީ ބިމުގައި ފަސާދަކުރުން ފަދަ ކަމެއް ކަމަށެވެ.
Ofeehaai ofeehun beyrugai muwazzafunnah biru dhekkumakee terrorism ge amaleh: khuthuba
27 Nov 2020 pic.twitter.com/j42wxFUoRR— fisaarithedhu (@fisaarithedhu) November 27, 2020
"….މަގުމަތީގައި ނުވަތަ އޮފީހުގައި މީހަކު ބޭނުންވާ ނުބައި މަޤްޞަދެއް ޙާޞިލު ކުރުމަށްޓަކައި މުވައްޒަފަކަށް ބިރުދެއްކުމަކީ ނިރުބަވެރި ޢަމަލެއް. އެއީ މާތް ﷲ މަނާ ކުރައްވާފައިވާ ކަމެއް. އެއީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫން،" ހުތުބާގައި ވިދާޅުވިއެވެ.
އިއްޔެގެ ހުތުބާ މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ "އާއިލީ ގުޅުން ހަރުދަނާ ކުރުމު"ގެ މައްޗަށެވެ.



advertisment