އުމުރުން 77 އަަހަރުގެ މީހަކު މިއަދު މަރުވެ، ކޮވިޑް19ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 46 އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ފިިރިހެން މީހާ މަރުވީ މިއަދުގެ މެންދުރުފަހު ކަމަށެވެ.

އިއްޔެ ވަނީ 23 މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ފެނުނު 19 މީހަކާއި ރިސޯޓް/ އަތޮޅުތެރެއިން ފެނުނު 13 މީހުންނެވެ.
އިއްޔެގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 12،578 އެވެ. މީގެ ތެރެއިން 11،559 މީހުން ވަނީ ރަނގަޅުވެފައެވެ. ރާއްޖޭގައި މި ވަގުތު 947 އެކްޓިވް ކޭސް އެބަތިއްބެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްގައި ތިބި 89 މީހުންނާއި އައިސޮލޭޝަން ފެސިލިޓީސްގައި ތިބި 341 މީހުން ހިމެނެއެވެ.



advertisment