ބޭނުންވާތަކެތި:
02 ގަބުޅި ހުނި
1 ޖޯޑު ހަކުރު
ހުވަނދުމާ ފެން
05 އިންޗި ރާނބާފަތް
ފުށް
04 ބިސް
ތައްޔާރު ކުރާނެގޮތް:
ހަކުރު އަދި ގަބުޅި ހުނި، ހުވަނދުމާ ފެން، ރާނބާފަތް އެއްކުރުމަށްފަހު މަޑުގިނީގައި ކައްކާށެވެ. ހުނީގެ ކުލައަށް ބަދަލުއައިސް ރަނގަޅަށް ކެކުމުން ތަފާތު މީރުވަހެއް ދުވާނެއެވެ. ކައްކާ ނިމުނު ގަބުޅި ހުނިގަނޑުގެ އެތެރެއަށް ފުށް އަދި ބިސް ރަނގަޅަށް އެއްކުރުމަށްފަހު ފޮނި ރަހަ ރަނގަޅުތޯ ބަލާލަންވާނެއެވެ. ބޭނުންވާ ވަރަށް ފޮނި ރަހަ ބެހެއްޓުމަށް އިތުރަށް ހަކުރު އަޅައިލެވިދާނެއެވެ.
ތަވާ އުނދުންމައްޗަށް އުދުމަށްފަހު ހޫނުވުމުން ކުޑަ ތެޔޮފޮދެއް ތަވާގައި ހާކައިފައި ތުނިކޮށް ވަށްކޮށް ގަބުޅި ބިސްގަނޑު ފިހެލާށެވެ. ވަރަށް މީރުވާނެއެވެ.