ކެކޭ ލޭގެ ހޫނުން ނެތޭ ނުބުނެ ވާކަށް
ދެކޭ އެކި ހަގީގަތް ނެތޭ ސިއްރު ވާކަށް
މިއީ ލޯބި އިހުމާލުގައި ވީ ކުށެއްހޭ
މިއީ ބޭވަފާއޭ ނެތޭ ބުނެލެވޭކަށް
އިވޭ އަޑުތަކުން ރީތި ތިޔަ ފަދަ މިސާލެއް
ނުވޭ ލޯބިވެރިޔާ މިދުނިޔޭން ނެގޭކަށް
އޮމާން ބަސްމަގުން ޢިއްފަތަށް ތިޔަ ގެނެސްދޭ
ޒުވާންކަމުގެ ކޫރެއް ނެތޭ އެޅި ދެކޭކަށް
އަމާންކަމުގެ ތޯހިރު ބިނާ ތިޔަ ކުރައްވާ
ޒަމާންތަކުގެ މޫނުން ލަފެއް ނެތް ފެވޭކަށް
ނަޒާހަތުގެ ހުދު މަރުމަރީ ވިޔުގަ ރާވާ
ހަދާއިރު މަނާ ނެތް ދަރާ އަތް ވެވޭކަށް
ޚަޒާނާތަކަށް ތޫނު ލޯ ހުޅުވެމުން ދާ
އަދާ މާދަމާ ވެސް ނެތޭ އަދި މެރޭކަށް
ބަހާ ޢަމަލު ވާ ތިޔަ އަރައިރުން އަހައިފާ
ވަހާ ރަހަ ނެތޭ އެއްމިނެއް ގައި ބެލޭކަށް
ކުރައްސާ ފޮޓޯ ރޮނގުތަކުން ދޮގު ސަނާ ގައި
ފުރައްސާރަ ނޫން ނެތް ކަމަށް ދެންނެވޭކަށް
އަހާ އެކު ނެތީމާ ނަގަން އަތްމަތީ ގައި
ޖަހާ އަހުގެ ގުންފައި ނެތޭ ހުއްޓުވޭކަށް
