ހަތިޔާރާއި ގޮވާ ތަކެތި ބޭނުންކޮށްގެން ހުޅުމާލޭ ފޭސް-2 ގައި ކުރިއަށް ގެންދިޔައި ސިފައިންގެ ތަމްރީނުތައް ނިންމާލައި، ފޮޓޯއާއި ވީޑިއޯ އާންމުކޮށްފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަރ އިބްރާޙިމް އާޒިމް ވިދާޅުވީ "މި މަހުގެ 16-18 އަށް އެމް.އެން.ޑީ.އެފުން ކުރިއަށްގެންދިޔަ "ސްމޯލް ޓީމް އެކްސަސައިޒް 2020 ކާމިޔާބުކަމާއެކު ނިންމާލައިފި" ކަމަށެވެ.

މި ތަމްރީނުތަކެއް ކުރިއަށްގެންދިޔައީ ހުޅުމާލޭ ފޭސް-2 ގައި މީހުން ނޫޅޭ ސަރަހައްދުގައި ކަމަށާއި މި ތަމްރީނުތަކުގައި ސިމިއުލޭޝަންގެ ގޮތުގައި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރި ކަމަށެވެ.

ހުޅުމާލޭ ފޭސް-2 ގެ ފްލެޓުތަކުގައި އެމްއެންޑީއެފުން މީގެ ކުރިން ވަނީ ފަޔާ ޑްރިލްގެ ތަމްރީނުތަކެއް ވެސް ހަދައިފައެވެ.
Mi mahuge 16 – 18 ah, MNDF in kuriyahgendhiya Exercise "Small Team Exercise 2020″ kaamiyaabu kamaaeku nimmaalaifi. pic.twitter.com/mwAPN54WCg
— Maldives National Defence Force (@MNDF_Official) November 18, 2020



advertisment