ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.
ރައީސް ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މި ރާއްޖެ މިނިވަން ޤައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން" ކަމަށާއި "މާތް ﷲ އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދަމަހައްޓަވާށި" އެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުން ލޮބުވެތި ރައްޔިތުނަށް އަރިސް ކުރަން. މި ރާއްޖެ މިނިވަން ޤައުމެެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން. މާތް ﷲ އިސްލާމްދީނުގެ ނޫރު އަބަދަށްމެ މި ދިވެހިފަސްގަނޑުގައި ދަމަހައްޓަވާށި. އާމީން
— Ibrahim Mohamed Solih (@ibusolih) November 16, 2020
ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު ވެސް ވަނީ ފޮނުއްވައިފައެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެމަތިވެރިމުނާސަބަތުގެ އިޚްލާސްތެރިތަހުނިޔާމުސްލިމްދިވެހިރައްޔިތުންނަށްފޮނުވަން. މާތް ﷲ އިސްލާމްދީނުގެމަތިވެރި ހިދާޔަތުގައި އަޅުގަނޑުމެން އަބަދުމެލަހައްޓަވާށި! އާމީން! إن الدين عند الله الإسلام !
— Maumoon Abdul Gayoom (@maumoonagayoom) November 16, 2020
ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ 2 ވަނަ ދުވަހު އެވެ. ރާއްޖެ އިސްލާމް ކުރެއްވީ މަޣުރިބްކަރައިގެ އިލްމުވެރިޔާ އަބޫބަރަކާތު ޔޫސުފް އަލް ބަރުބަރީއެވެ.



advertisment