Support Us

އެންމެ ފުރިހަމަ ދިމުޤްރާޠީ އަކީ އިސްލާމްދީން

އެންމެ ފުރިހަމަ "ދިމުޤްރާޠީ" މާކުރިން އައިސް އޮތްކަމެއް
އެންމެ މަތި "ހަތް އުޑުމަތިން" ނިމި ސިއްކަ ޖެހިފައިއޮތް ކަމެއް

އެންމެނަށް ހަމަ ހަމަކަމާ އިންސާފު އޮތް ގުރްއާން ކަރީމް
ދެން މިނޫން ޤާނޫނަކީ ކޮންތާކުއޮތް ހަމަ ހަމަ ކަމެއް

މާތްވި ޤުރްއާނާ ޙަދީސުން މާތް އިލާހީ ޙަޟްރަތުން،
މާތްކަމާ ހަމަ ހަމަ ކަމާއެކު ބަދަލު ނާންނަ ހުކުމްފުޅެއް

މުސްލިމެއް އަދި ކާފިރެއް އަދި ދުޝްމިނެއް ކަމުގައިވިޔަސް،
"މުސްހަފުން" އެންގެވި އަދުލް އިންސާފު ނޫނީ ނެތްކަމެއް

ހައްގަކާ ނުމެލައި އެކަކު އަނެކަކު މަރައި އަނިޔާކުރުން،
މަސްތުވާތަކެތީގެ އަމަލުން މަސްތުވުން މި ޙަރާމް ކަމެއް

ހައްޖު އުމްރާޔާ ޒަކާތާ ރޯދަޔާ މަތިވެރި ނަމާދު
ގަސްތުގައި އިހްމާލުވާން ސަބަބެއްނުވާ މި ރުކުންތަކެއް

ބަދަލު ހިފުމާ އަދަބު ދިނުމާ ޙަސަދަޔާ އަދި ފިތުނަޔާ
އަދުލުވެރި ހުކުމެއް ކުރުމުގައި ވަކި ތަފާތެއްނެތް ކަމެއް

"ކާބަފައިން ކުޅަކަންކަމޭ މި ސަޤާފަތޭ ބުނެ" ކަން ކުރުން
މާ މަތީން އައިސްއޮތް މިދީނަށް ގޮންޖެހުންފަދަ ގޯސްކަމެއް

ރޭވުމާ މަކަރުން ނުބައި ޤާނޫނުތައް ހަދަމުން ދިޔަސް،
"އޭގެ ތަންފީޒީ އިދާރާއިން" ވާން ނެތިއްޔާ ނެތްކަމެއް

ހަޟްރަތުން އެންގެވި ގޮތަށްވުރެ މޮޅުގޮތެއް ހޯދަންވެގެން،
އަހުރެމެން އެކި އެކި ޤަވާއިދު ހެދުމަކީ ބާޠިލު ކަމެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *