ރަތް ވިލާކޮޅު ލޯތަކަށް މާ ރީތިރީތި
ރަތް ފިޔާތޮށި ދަނބުގެ މެތުރުން ރީތިރީތި
ޝައުޤުވެރިކަން ހިތްތަކުން ހޭލާ ގޮތާ
ޝައުޤުގައި އެ ބަލާބެލުން މާ ރީތިރީތި
ޝާޢިރުން ކުރެހުންތެރީން ކުރަހާ ފޮޓޯ
ޢާލަމަށް ހައިރާންކަމެއް ދޭ ރީތިރީތި
ފިރުކިލައި ނިއުޅޭ ގޮތާ ތިޔަ ރަތްކަމާ
ބިރުފިލައި ވާ ފަޚްރުވެރި ވެސް ރީތިރީތި
އިރުކޮޅެއް ނުވެ ގެއްލުނީ ހުރިހާ ލޮލެއް
އިރު ކޮބާ؟ އޮއްސިއްޖެ، ވީ ގޮތް ރީތިރީތި
ދެން ބަލައިލީ ގައިގެ ކުލަޔާ ވީ ގޮތަށް
އެންދެރީގެ ކަޅޭ ހުރީ ގަދަ ރީތިރީތި
ފަޚްރުވެރިނުވެ ޝުކުރުވެރި ވީ ނަމަ އިރަށް
ތަޚްތުހައި ޤައިޞަރުގެ، ތިޔަ ނަން ރީތިރީތި