
ރައްޔިތުންގެ ނިޒާމަކީ ގައުމެއްގެ ޖުމްހޫރީ ނިޒާމް
ރައްޔިތުން ޙިއްސާވެގެން، ހަމަ ހަމަ ގޮތުން ގެނެވޭ ނިޒާމް
ރައްޔިތުންގެ ކިބައިން ފެށޭ ވެރިކަމުގެ ހުރިހާ ބާރަކީ،
ރައްޔިތުން އުއްމީދު ކުރަމުން ގެންނަ ޖުމްހޫރީ ނިޒާމް
ވެރިކަމެއްގެ ނިޒާމުގައި ތިބި ރައްޔިތުން ބޭނުން ވެގެން
"އެދި ތިބޭ ގޮތަކަށް" އެ އޮތް ސަރުކާރަކުން ކޮށްދޭ ނިޒާމް
އޮންނަ ޖުމްހޫރީ ނިޒާމެއް އެންމެ ފުރިހަމަވާ ގޮތުން
ކޮންމެ ރައްޔިތަކަށް އަސާސީ ޙައްގު ކަށަވަރުވާ ނިޒާމް
އަސްލަކާ އަދި ނަސްލަކާ، އަދި ޖިންސަކަށް ނުބަލާ ގޮތުން
ޙައްގު ރައްޔިތުނަށް ތަފާތެއް ނެތި ލިބެންވާނޭ ނިޒާމް
ކޮންމެ ގާނޫނާ ގަވާއިދަކުން ލިބެންވާ ޙައްގުތައް،
ކޮންމެ ރައްޔިތަކަށް ތަފާތު ނުކޮށް ދިނުން ލާޒިމް ނިޒާމް
ރައްޔިތުން ބޭނުން ވުމުން ސަރުކާރު ޒިއްމާ ކުރުވުމަށް،
ރައްޔިތުން މަންދޫބުނަށް ބާރެއް ލިބެންވެސް އޮތް ނިޒާމް
އޮންނަ މިކަހަލަ ހެޔޮ ނިޒާމުން ރައްޔިތުންގެ އަސާސް ތައް
އޮންނަ ގޮތަކަށް ނުދެވުނީމާ "ގޯސްކަމަށް ދެކެނީ" ނިޒާމް
