Support Us

މަސްވެރިން ބާނާ މަސް ނުކިރުމާއި ފައިސާ ނުލިބުމުގެ މައްސަލަ މަޖުލީހަށް 

މަސްވެރިން ބާނާ މަސް ކިރުމަށްޓަކައި ކިޔޫގައި ޖެހިގެން ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަންޖެހުމާއި އެކަމާ ގުޅިގެން ބޭކާރު ގިނަގުނަ ޚަރަދުތަކެއް ހިނގައި، ތަކުލީފުތަކެއް އުފުލަންޖެހުމާއި އަދި ކިރާ މަހަށް ފައިސާ ލިބުން ލަސްވުމާއި ކަޅުބިލަ މަހާއި ކަންނެލީގެ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދިނުމަށް އެދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.


މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ފޮނުއްވި މި ގަރާރުގައި، މަސްވެރިން ބާނާ މަސް ނުކިރި އެތައް ދުވަހެއް ކިޔޫގައި، މަސްކިރޭނެ ދުވަހެއްގެ އިންތިޒާރުގައި ރަށުން ބޭރުގައި ތިބެންޖެހުމާއި، އެތައް ދުވަހެއް ކަނޑުމަތީގައި ހޭދަކޮށްގެން، ބޮޑު ޚަރަދުކޮށްގެން ބާނާ މަސްކޮޅު ނުކިރިގެން މަހަށް ނުފުރި ގިނަ ދުވަސްތަކެއް އާއިލާއާ ދުރުގައި ތިބެންޖެހުމާއި ކިރޭ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ނުލިބި އެތައް ދުވަސްތަކެއް ވޭތުކުރަންޖެހުމާއި، ކަޅުބިލަ މަހުގެ ކޮންޓްރޯލް އަގު ދޫކޮށްލުމުގެ ސަބަބުން ކަޅުބިލަ މަހުގެ އަގު ދަށަށް ދިއުމާއި އަދި އެކަށީގެންވާ އަދަދަކަށް ބޮޑުކަންނެލި ބޭނިއްޖެނަމަ، ބައެއް ފަރާތްތަކުން ކަންނެލި ގަންނަ އަގު ދަށްކުރުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނާއި މަސްވެރި ޢާއިލާތަކަށް ގެއްލުން ލިބި، ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާކަން ފާހަގަކުރައްވާފައި ވެއެވެ. އަދި އެ މައްސަލަތަކަށް ޙައްލު ހޯދައިދިނުމާއި މަސްވެރިން ބާނާ މަސް އަވަހަށް ކިރޭނެގޮތާއި ކިރޭ މަސްކޮޅަށް ވަޤުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި މަސްވެރި ޢާއިލާތަކަށް ދިމާވާ ދަތިތައް ޙައްލުކުރެވޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސް ކުރާ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.

އާދަމް ޝަރީފުގެ މި ގަރާރު މަޖިލީހުގެ ޖަލްސާއަށް އަދި އެޖެންޑާއެއް ނުކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *